Kabul gai dhin bomuge hamalaaeh gai 14 meehun maruvejje
image
ބޮމުގެ ހަމަލާގައި ގެއްލުން ވެފައިވާ އިމާރާތެއް--ފޮޓޯ: ރޫޓާސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އަފްގާނިސްތާނުގެ ވެރިރަށް ކަބުލްގައި ދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިކަން ކުރާ ސިޓީ ކާބުލްގައި ދިން ބޮމުގެ ހަމަލާއެއްގެ ބޮމެއްގެ ސަބަބުން 14 މީހުން މަރުވެ އެތައް ބަޔަކު މަރުވެއްޖެ އެވެ.
ކާބުލްގެ ޕޮލިސް ސްޓޭޝަނެއްގެ ބޭރުގައި ގޮއްވާލި ބޮމުގައި 14 މީހުން މަރުވުމުގެ އިތުރުން 150 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ބޮން ގޮއްވާލި ސަރަހައްދުގައި ހުރި އިމާރާތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި ހަމަލާގެ ޒިންމާވަނީ ތާލިބާން ޖަމާއަތުން ނަގައިފައެވެ. ތާލިބާން އިން ހަމަލާދީފައިވަނީ ހަމަނުޖެހުންތައް ހުއްޓުވުމަށް އެމެރިކާއެކު މަޝްވަރާތައް ކުރިއަަށްދާ ދަނޑިވަޅެއްގައެވެ.

ތާލިބާނުން ބުނެފައިވަނީ ބޮން ގޮއްވާލީ ޓްރަކެއް ބޭނުންކޮށްގެން ކަމަށެވެ. އަދި ބޮން އަމާޒުކޮށްފަވަނީ ރެކްރޫޓްމަންޓް ސެންޓަރަކަށް ކަމަށާއި ހަމަލާގައި ގިނަ އަދެއްގެ ފުލުހުންނާއި ސިފައިން މަރުވެފައިވާ ކަމަށް ތާލިބާނުން ބުނެއެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ބޮން ގޮއްވާލާފައިވަނީ ޓްރަކް ދަތުރު ކުރަމުން ދަނިކޮށް ޕޮލިސް ސްޓޭޝަން ކައިހުރި ޗެކް ޕޮއިންޓަކަށް ހުއްޓުވުމުން ކަމަށެވެ.

ހަމަނުޖެހުންތައް ހުއްޓާލުމަށް ތާލިބާނުން މަޝްވަރާކުރަމުން ދިޔަ ނަމަވެސް އަފްގާނިސްތާނުގައި އެކި ހިސާބުތަކަށް ތާލިބާނުން ދަނީ ހަމަލާތައް ދެމުންނެވެ. މިދިޔަ މަހު އެކަނިވެސް ހަމަލާތަކުގައި 1500 މީހުން މަރުވެފައިވެއެވެ.

ސެޕްޓެމްބަރު މަހު އަފްގާނިސްތާނުގައި ބާއްވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށް ވެސް ތާލިބާނުން ވަނީ ގޮވާލައިފައެވެ. އަދި އިންތިހާބާއި ގުޅޭ ގޮތުން ހިންގާ ހަރަކާތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ތޯލިބާނުން ވަނީ ދީފައެވެ.
ހިޔާލު