Madun hingumakee goaheh
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މަޑުން ހިނގުމަކީ ގޯހެއް

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރުން އެންމެ ރަނގަޅު އަދި އެންމެ ފަސޭހަ ކަސްރަތަކީ ހިނގުމެވެ.
ފިޒިކަލް އެކްޓިވިޓީ ގައިޑްލައިންސް އެޑްވައިސަރީ އިން 2018 ވަނަ އަހަރު ހެދި ދިރާސާތަކުން ދައްކާ ގޮތުގައި އެހެން ކަސްރަތުތަކާއި އަޅާ ބަލާއިރު ހިނގުމަކީ ޒަހަމްވުމުގެ ބިރު އެންމެ ކުޑަ ކަސްރަތުގެ ބާވަތެވެ.

ކަސްރަތު ކުރިޔަސް އޭގެން އެންމެ އެދެވޭ ނަތީޖާ ފެންނާނީ ކަސްރަތު ކުރާ ގޮތާއި، މިންވަރާއި، ދިގުދެމިގެންދާ ވަގުތުގެ ގޮތުންނެވެ.

އެމެރިކަން ގެރިއެޓްރިކްސް ގައިވާ ފަހުގެ ދިރާސާއެއްގައިވާ ގޮތުން މާ މަޑުން ހިނގާނަމަ އެއީ ކުރިއަށް އޮތް ތަނުގައި ހަރަކާތްތެރިވުމަށާއި ހެލިފެލިވެ އުޅުމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ.

އެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ހެލިފެލިވެ އުޅުމުގައި ދަތިތައް ހުރި ގިނަ މީހުންނަކީ އަންހެނުންނެވެ.

ހަމަ އެހެންމެ އޮބޭސިޓީ ހުންނަ މީހުންނާއި މާ ބޮޑަށް ކަންކަމާއި ފިކުރުކޮށް އުޅޭ މީހުން ވެސް ހިމެނެ އެވެ. މަޑުން ހިނގައި އުޅޭނަމަ އެއީ ހިތުގަ ބަލިތަކާއި ކުރިމަތިވުމަށް ވެސް މަގުފަހިކުރުވާ ކަމަކެވެ.

ދިރާސާއިން ދެއްކި ގޮތުގައި ބާރަށް ހިނގުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ރަނގަޅު އަސަރުތައް ކުރާ ކަމެކެވެ.
ސިއްހަތު
ހިޔާލު