Priyanka aai Nick ulhenee 20 million dollar ah geyeh gannan!
image
ޕްރިޔަންކާ އާއި ނިކް ކައިވެނި ހަފްލާގައި--
0 ކޮމެންޓް
 

ޕްރިނަޔްކާ އާއި ނިކް އުޅެނީ 20 މިލިއަން ޑޮލަރަށް ގެޔެއް ގަންނަން!

އެކްޓަރު ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ހޮލީވުޑުގެ ނިކް ޖޯނަސް ދިރިއުޅެން އާ ގެޔެއް ހޯދަމުންދާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އެގޮތުން ނިކް ކުރިން ލޮސް އެންޖެލެސް ގައި ދިރިއުޅެމުން އައި ގެ މިހާރު ވިއްކާލާފައިވާ ކަމަށް ވެސް ވެއެވެ. އެގޮތުން އެ ދެ މީހުން އާ ގެ ގަތުމަށް 20 މިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނިކް މިހާރު ދިރިއުޅޭ ގެ ވިއްކާލާފައި ވަނީ 6.9 މިލިއަން ޑޮލަރަށެވެ. އެތަން އޭނާ އޭޕްރިލް 2018 ގައި ގަނެފައި ވަނީ 6.5 މިލިއަން ޑޮލަރަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕްރިޔަންކާ އާއި ނިކް އަށް 50 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބެ އެވެ. އެއީ ނިކް އަށް ލިބޭ 25 މިލިއަނާއި ޕްރިޔަންޔާ އަށް ލިބޭ 28 މިލިއަނެވެ.
ހިޔާލު