Anehkaa ves Thalassaemia kujjaku maru vejje!
image
ތެލެސީމިއާ ސެންޓަރުގައި ތެލެސީމިއާ ކުދިންތަކެއް ލޭ އަޅަނީ-- ފޮޓޯ: ސަން
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

އަނެއްކާވެސް ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ!

ތެލެސީމިއާ ކުދިން ނިޔާވުން އިތުރުވެފައި އޮތް ދަނޑިވަޅެއްގައި އަނެއްކާވެސް އދ. މާމިގިއްޔަށް އުފަން އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.
އުމުރުން 18 އަހަރުގެ އެ ކުއްޖާ މަރުވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މިއީ މި ހަފްތާ ތެރޭގައި މާމިގިލިން މަރުވި ތެލެސީމިއާ ދެވަނަ ކުއްޖާ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސްގެ ބޭފުޅަކު ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުއްޖާ މަރުވީ ބޯން މެރޯ ހެދުމަށްފަހު ހާލު ސީރިއަސް ވެގެން އިންޑިއާގެ ބެންގަލޯރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ފާއިތުވި ދެމަސް ދުވަސް ތެރޭގައި މިހާރު މި ވަނީ ތެލެސީމިއާ ނުވަ މީހުން މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 11 އަހަރާއި 27 އަހަރާ ދެމެދުގެ މީހުންނެވެ.

ތެލަސީމިއާ ފަރާތްތަކަށް ދޭ ފަރުވާގެ ފެންވަރު ދެރަވުމުން މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީން މި ހަފްތާގައި ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
މަރު ތެލެސީމިޔާ
ހިޔާލު

ހެވާ

ބޮޑު ޢަޖައިބެއް!