Interpol ge ehee hoadhan Customs inn ebbasvumakah
image
ކަސްޓަމްސްގެ އަހަރީ ދުވަހު އެކުންފުނީގެ މުވައްޒަފުން-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އިންޓަޕޯލުގެ އެހީ ހޯދަން ކަސްޓަމްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއާ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް) އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
މިއަދު އިންޓަޕޯލް ނޭޝަނަލް ސެންޓާ ބިއުރޯގެ މާލެ އޮފީހާއި ކަސްޓަމްސް އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން ކަސްޓަމްސް މެދުވެރިކޮށް ރާއްޖެއަށް އެތެރެވާ މީހުންނާއި މުދަލުގެ މައުލޫމާތުތައް އިންޓަޕޯލްގެ ޑޭޓާބޭސް އިން ސްކްރީން ކުރެވޭނެ އެވެ. އަދި އިންޓަޕޯލްގެ މިލިއަނެއްހާ ރިކޯޑްތަކަށް އެކްސެސްވުމުގެ ބާރު ކަސްޓަމްސް އަށް ލިބޭނެ އެވެ.

މީގެ އިތުރުން ކަސްޓަމްސްގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ބޭނުންވާ ވަސީލަތްތައް އިންޓަޕޯލް އިން ފޯރުކޮށްދޭން އެމްއޯޔޫގައި ވަނީ އެއްބަސްވެފައެވެ. އެގޮތުން ވައިގެ ބަނދަރާއި އަދި ކަނޑުގެ ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޓަޕޯލުން އެހީތެރިވެދޭނެ އެވެ.

އެމްއޯޔޫއާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއީ ގާނޫނާއި ހިލާފު ކުށްތައް ހުއްޓުވުމަށް ކަސްޓަމްސްގެ ފަރާތުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކުށްތައް ހުއްޓުވުމަށް ކަސްޓަމްގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ފުލުހުން ބުނި ގޮތުގައި އިންޓަޕޯލް އިން ކަސްޓަމްސް އަށް އެހީވުމުގެ ގޮތުން އިންޓަޕޯލްގެ ފަރާތުން ހާއްސަ ވަފްދެއް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ. އެ ވަފްދުން ކަސްޓަމްސްގެ ކޮލެޓީ ކޮންޑަކްޓް އެސެސްމެންޓެއް އަދި ޓެކްނިކަލް އެސެސްމެންޓެއް ހަދާނެ ކަމަށް ފުލުހުން ބުނެއެވެ.

އިންޓަޕޯލް އަކީ ބައިނަލްއަގްވާމީ ގޮތުން އެންމެ ބޮޑު ފުލުހުންގެ އިދާރާ އެވެ. އިންޓަޕޯލްގެ މެންބަރުންގެ ގޮތުގައި 194 ގައުމެއް ހަރަކާތްތެރި ވެއެވެ. އިންޓަޕޯލަކީ ގައުމުތަކުގެ ފުލުހުން ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ވިއުގައެކެވެ.

އެގޮތުން އެކި ގައުމުތަކުގެ ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ހިއްސާ ކުރުމާއި ގައުމުތަކަށް އެތެރެ ކުރުމަށް މަސައްކަތް ކުރާ ގާނޫނާއި ހިލާފު ތަކެތި އަތުލުމަށް އިންޓަޕޯލުން ދަނީ މަސައްކަތް ކުރަމުންނެވެ.
ހިޔާލު