Education in 211 million rufiyage project thah contractorunnaai havaalukohfi
image
މިއަދު ރައީސް އޮފީހުގައި އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެޑިއުކޭޝަނުން 211 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 246 މިލިއަން ރުފިޔާގެ ތެރެއިން 211 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް މިހާރު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް ވިދާޅުވީ ގިނަ ޕްރޮޖެކްޓް ތަކަށް އިއުލާން ކުރެވި ކޮންޓްރެކްޓަރުންނާއި އެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރުން، އެޑިއުކޭޝަން މިނިސްޓްރީގެ 37 މަޝްރޫއަކާއި އަދި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތިން މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޓޭޓް މިނިސްޓަރު ރިޔާޒް ވިދާޅުވި ގޮތުގައި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 253 ކްލާސްރޫމުގެ މަސައްކަތާއި، 22 މަލްޓިޕާޕަސް ހޯލާއި، ހަތަރު ލައިބްރަރީ، 16 ސްޓާފް ރޫމާއި، 15 ސައިންސް ލެބާއި، 362 ދަރިވަރުންގެ ފާހާނާ އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ 45 ފާހާނާގެ މަސައްކަތެވެ.

އަދި ސްކޫލްތަކަށް ބޭނުންވާ އުމްރާނީ މަސައްކަތުގެ ވަސީލަތްތަކުގެ ތެރެއިން 215 ވަސީލަތުގެ މަޝްރޫއުވެސް ހިމެނެއެވެ.

ތައުލީމީ ދާއިރާގެ 40 މަޝްރޫއުތަކުގެ ތެރެއިން މިހާރު 13 މަޝްރޫއެއް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވި މި މަހުގެ ފަހުކޮޅު އުމްރާނީ މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭފުޅާ ފާހަގަކޮށްލެއްވިއެވެ.

އަދި އަށް މަޝްރުއެއްގެ ރިސައިން މަސައްކަތްތައް ދަނީ ކުރިއަށް ދަމުންނެވެ.

އެ 13 މަޝްރޫއަށް 113 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ބާކީ ހުރި މަޝްރޫއުތަކަށް 300 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ރިޔާޒް ވިދާޅުވީ ދަރުމަވަންތަ ސްކޫލާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލް އިމާރާތް ކުރަން ހަމަޖެހިފައިވަނީ ވިލާ ކޮލެޖް ކުރިމަތީގައި އޮތް ހުސް ބިމުގައެވެ.
ހިޔާލު