Eid bandhugai Huvadhoo sarahahdhee dhaarul aasaaru bandhuvaane
image
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް-- ފޮޓޯ: އަނަސް ފޮޓޯގްރަފީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީދު ބަންދުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި

މިއަހަރުގެ އަޟްހާ އީދުގެ ބަންދުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ހުޅުވާފައި ހުންނާނެ ކަމަށް މީގެ ކުރިން ބުނެފައިވީ ނަމަވެސް އެ ދުވަސްތަކުގަ ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ބަންދުވާނެ ކަމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން މިއަދު ބުނެފި އެވެ.
މިހަމުގެ 12 އިން 15 އަށް އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށް މި ހަފްތާގެ އަންގާރަ ދުވަހު ހެރިޓޭޖު މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެފައިވީ ނަމަވެސް، އެ ފަރާތުން މިއަދު ބުނެފައި ވަނީ މި ދުވަސްތަކުގައި ހުވަދޫ ސަރަހައްދީ ދާރުލްއާސާރު ބަންދުވާނެ ކަމަށެވެ.

ނަމަވެސް އޯގަސްޓް 12 އިން 15 ހެނދުނު 08:15 އިން މެންދުރު ފަހު 01:30 އަށް އުތީމު ގަނޑުވަރު ހުޅިވިފައި ހުންނާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

އީދު ބަންދަށް ފަހު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ހުކުރު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު އުތީމު ގަނޑުވަރާއި ހުވަދޫ ސަރަހައްދީ ދާރުލް އާސާރު ހުޅުވިފައި ހުންނާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އާންމު އުސޫލެއްގެ ގޮތުން މި ތަންތަން ހުޅުވާފައި ހުންނާއީ ހެނދުނު 08:15 އިން މެންދުރު ފަހު 01:30 އަށެވެ.
ހިޔާލު