Kuriah oiy hafthaa ah Kulhudhuffushi dhathuru thah ehkoh furifa!
image
މޯލްޑިވިއަން ގެ ފްލައިޓެއް-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކުރިއަށް އޮތް ހަފްތާއަށް ކުޅުދުއްފުށީ ދަތުރުތައް އެއްކޮށް ފުރިފައި!

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށި އެއާޕޯޓުގެ ދަތުރުތައް ކުރިއަށް ދިތް އެއް ހަފްތާއެއް އެއްކޮށް ބުކްކޮށްފި އެވެ.
މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އަދި އޯގަސްޓް 17 އާ ހަމައަށް ޖާގަ ފުރިފައިވާ ކަމަށް ގައުމީ އެއާލައިނުން ބުނެ އެވެ.

އެ އެއާޕޯޓަށް ކުރާ ފުރަތަމަ ދަތުރު މާދަމާ ހެނދުނު ކުރަން ހަމަޖެހިފައި ވާއިރު، ދަތުރުގެ ޝެޑިއުލް މާދަމާގެ ވަގުތެއްގައި އިއުލާނު ކުރާނެ އެވެ.

އެ ދަތުރުތަކުގެ ޓިކެޓް އަންގާރަ ދުވަހު ވަނީ ވިއްކަން ފަށާފަ އެވެ. މޯލްޑިވިއަން އިން ރާވާފައި ވަނީ ކޮންމެ ދުވަހަކު އެ އެއާޕޯޓަށް އެއް ދަތުރު ކުރުމަށެވެ. ދަތުރުގެ އަގަކީ ކޮޅަކަށް 1113 ރުފިޔާ އެވެ.

ޖުމްލަ 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެ އެއާޕޯޓަކީ ހދ. އަތޮޅުގައި ތަރައްގީ ކުރި ދެވަނަ އެއާޕޯޓެވެ.
ހިޔާލު