Teacerhunge musaara bodu kuran onigandu badhalu koffi
image
ޓީޗަރުންތަކެއް-- ފޮޓޯ: ދަ އެޑިޝަން
0 ކޮމެންޓް
 

ޓީޗަރުންގެ މުސާރަ ބޮޑު ކުރަން އޮނިގަނޑު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއް ގޮތަށް ޓީޗަރުންގެ އުޖޫރަ ބޮޑު ކުރުމަށް އޮނިގަނޑަށް ބަދަލު ގެނެސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަދި ޓީޗަރުންނަށް ދޭ އޯވާޓައިމަށް ބަދަލު ގެނައުމަށް ވެސް ރައީސް އޮފީހާއެކު ދަނީ މަޝްވަރާ ކުރަމުން ކަމަށް އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބަދަލުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށާއި، މުސާރަ އާއި އޯވާޓައިމުގެ އިތުރުން އެހެން އެލަވަންސްތައް ވެސް ބޮޑު ކުރެވޭނެ ގޮތް ހޯދަމުންދާ ކަމަށެވެ.
ހިޔާލު