Thamreen neiy 634 relief teacherun primary grade thakuga eba kiyavaidhey: Minister Aishath
image
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ރާއްޖެ އެމްވީ
2 ކޮމެންޓް
 

ތަމްރީން ނެތް 634 ރިލީފް ޓީޗަރުން ޕްރައިމެރީ ގްރޭޑުތަކުގައި އެބަ ކިޔަވައިދޭ: މިނިސްޓަރު އައިޝަތު

އެކި ސްކޫލުތަކުގެ ޕްރައިމެރީ ގްރޭޑުތަކުގައި އެއްވެސް ތަމްރީނެއް ނެތް 634 ރިލީފް ޓީޗަރުން ކިޔަވައި ދެމުންދާ ކަމަށާއި، ބޭރު ޓީޗަރުން ހޯދަން ޖެހެނީ ތަމްރީނު ލިބިފައިވާ ދިވެހި ޓީޗަރުން މިވަގުތަށް ބޭނުންވާ ވަރަށް ނެތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ތަމްރީނު ލިބިފައިވާ ދިވެހި ޓީޗަރުން ނެތް ނަމަ، މިވަގުތުގެ "ނީޑަށް ކޭޓާ ކުރަން" ތަމްރީނު ހުރި ބޭރުގެ ޓީޗަރުން ވެސް ގެންނަން ޖެހޭނެ ކަމަށެވެ.

"ރަނގަޅު ގޮތަކީ (ދިވެހި) ޓީޗަރުން ހޯދަން ތަމްރީން ކުރަން ޕްލޭނެއް އޮތުން. އެފަދަ ޕްލޭނެއް ނެތިއްޔާ މިހާރު އޮތް ނީޑަށް ކޭޓާ ކުރަން އެބަ ޖެހޭ. 634 އަންޓްރެއިންޑް ރިލީފް ޓީޗާސް ޕްރައިމަރީ ގްރޭޑުތަކުގައި އެބަތިބި. މިއީ ސީރިއަސް މައްސަލައެއް،" މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އައިޝަތު ވިދާޅުވީ ކުދިންގެ ކިޔެވުން ފަށައިގަންނަ އުމުރުގައި ތަމްރީން ނެތް ޓީޗަރުން ކިޔަވައިދޭ ނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރި މަޝްވަރާ އަށް ފަހު އެނގުނީ ޓްރެއިންޑް ޓީޗާޒް މާ ރަނގަޅޭ އަންޓްރެއިންޑް ޓީޗާސް އަށް ވުރެ. މިހާރު އޮތް ނީޑަށް ކޭޓާ ކުރަން އިއުލާން ކުރީ. ދެން އޮތީ ކުރިއަށް އޮތް އަހަރުތަކަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރަން،" އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ޓީޗަރުން ތަމްރީން ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ "ފޭސް ޓު ފޭސް" ތަމްރީނެއްގެ ގޮތުގައި ކަމަށެވެ.

ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރައިމެރީ ގްރޭޑުތަކަށް ބޭރު ޓީޗަރުން ހޯދަން އިއުލާންކޮށްފަ އެވެ. ބޭރު ޓީޗަރުން ގެނައުން ހުއްޓާލިތާ ދުވަސްތަކެއް ފަހުން، އެގޮތަށް އިއުލާން ކުރުމުން އިދިކޮޅު ބައެއް ފަރާތްތަކުން ފާޑުކިޔެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ބޭރު ޓީޗަރުން ގެންނައިރު ވެސް ކޮލިޓީ ރަނގަޅު ޓީޗަރުން ގެނައުމަށް ސަމާލުކަން ދޭނެ ކަމަށެވެ. އެގޮތުން ގެންނަން ވިސްނަނީ އިންޑިއާ، ސްރީ ލަންކާ، ބޫޓާން އަދި ފިލިޕީންސްގެ ފެންވަރު ރަނގަޅި ޓީޗަރުން ކަމަށް ވިދާޅުވި އެވެ.

ދިވެހި ޓީޗަރުން މިހާރު މަދީ މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހުން މަދުވުމުގެ ސަބަބުން ކަމަށާއި އެހެންވެ "އެޓްރެކްޓިވް ޕެކޭޖެއް" ނެރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް އޮނިގަނޑަށް ބަދަލު ގެނެސްފައިވާކަން އިއުލާން ކުރައްވާފަ އެވެ. އޭގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހިޔާލު

ތެދު

ތިގޮތަށް ގެންނަ ގިނަ ބޭރުމީހުނަށްވުރެ ރަނގަޅަށް ކިޔަވައިދޭ ދިވެހި ރިލީފް ޓީޗަރުން އުޅޭ

ލަކޫ

ތިޔައީ އެމްޑީޕީ ކެމްޕޭނަށް އިންޑިޔާއިން ކުރިހަރަދަށް ވީ ވަޢުދު ފުއްދަން ކުރާކަމެއް އިންޑިޔާ މީހުނަށް ވަޒީފާ ދިނުން ތިޔައީ އެގޭ ސިއްރު ކަންކަން !