Magu huras kuranikkoh 17 aharuge kujjehge gaigai cycle in jehijje
image
މާލޭގެ މަގެއްގެ މަތި --
2 ކޮމެންޓް
 

ކަފި ހުރަހުން ހުރަސް ކުރަނިކޮށް އެކްސިޑެންޓެއް ވެއްޖެ

މަޖީދީމަގުގެ ކަފި ހުރަހަކުން މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ސައިކަލަކުން ޖެހި އަންހެން ކުއްޖަކަށް އަނިޔާވެ، އޭޑީކޭގައި ފަރުވާ ދޭން ފަށައިފިއެވެ.
މި އެކްސިޑެންޓް ހިނގީ މިރޭ 20:14 ހާއިރުއެވެ. ފުލުހުން މިރޭ ބުނީ އަނިޔާވި އަންހެން ކުއްޖާއަކީ 17 އަހަރުގެ އަންހެން ކުއްޖެ ކަމަށެވެ. ފުލުހުން ބުނީ އަންހެން ކުއްޖާއަށް އޭޑީކޭގެ އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ އަންހެން ކުއްޖާގެ މޭ ކަށިގަނޑާއި އުނަގަނޑަށް ތަދުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މެޔަށް ތަދުވާތީ އަންހެން ކުއްޖާ ނޭވާލުމަށް އުނދަގުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަންހެން ކުއްޖާގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
ހިޔާލު

އިއްބެ

ޗާންސެލަރު މި އެކްސިޑެންޓްގެ ވީޑއޯ ބަލާލިނަމަ އިނގިލައްވާނެ ކަފިހި ހުރަސްގެ ރޮނގުތައް ފެންނަވަރު. ދެލޯ ސަލާމަތުން ހުރި މީހެއްނަމަ އެ ފެންނާނެ. ދެން ޖެހުނީމަ މަޑުނުކޮށް ދިޔައީ ކޮން ރޮނގެއް ހޯއްދަވަންތޯ؟

ޗާންސެލަރު

ކަފިހި ހުރަސްތައް ހުންނަނީ ފާހަގަ ނުވާވަރަށް ފުހެވިފަ މަގުތައް ބައިކުރާ މެދު ރޮނގުވެސް ހުރީ ފޮހެވިފަ އެކްސިޑެންޓް ވުމުން ތަހުގީގު ކުރާއިރު ރޮނގުތައް ފުހެވިފަ ހުރިތޯ ފާހަގަވާވަރަށް ފަވާފަ އައުކޮށްފަ ހުރިތޯ ކަމާބެހޭ ފަރާތާ ސުވާލުކުރަންޖެހޭނެ