Agulabiyyathu nulibi Councilorun Suspend kuri: Committee Report
image
އެލްޖީއޭގެ ބޯޑު މެންބަރުން މަޖިލީހުގެ ކޮމެޓީގައި --
0 ކޮމެންޓް
 

އަގުލަބިއްޔަތު ނުލިބި ކައުންސިލަރުން ސަސްޕެންޑުކުރި: ކޮމެޓީ ރިޕޯޓު

ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ އަގުލަބިއްޔަތު ނުލިބި ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ރިޕޯޓުގައި ބުނެފިއެވެ.
އެ ކޮމެޓީން ވަނީ އެލްޖީއޭއިން ކުރީ ސަރުކާރުގައި ކައުންސިލަރުން ސަސްޕެންޑު ކުރުމުގައާ އަދި ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގައި އަމަލު ކުރުމުން ދިޔަ އުސޫލު އެ ދިރާސާ ކޮށްފައެވެ. ލާމަރުކަޒު ކޮމެޓިން ވަނީ އެ މަސައްކަތް ނިންމާ މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުވާފައެވެ.

މި މައްސަލަ ކޮމެޓީން ދިރާސާކުރިއިރު ވަނީ އެލްޖީއޭގެ ބޯޑު މެންބަރުން ހާޒިރުކޮށްގެން މައްސަލަ ދިރާސާކޮށްފައެވެ. އަދި ކައުންސިލަރުން ސަސްޕެންޑު ކުރުމުގައި އެލްޖީއޭއިން އަމަލު ކުރަމުންދިޔަ އުސޫލުތަކާއި ގުޅޭގޮތުން މެންބަރުން ވަނީ އެލްޖީއޭގެ މެންބަރުންނާއި ސުވާލުކޮށްފައެވެ.

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލޭ ދާއިރާ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެލްޖީއޭ އިން ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ހަމައެއް އަދި އުސޫލެއް ވެސް ނުގެންގުޅޭ ކަމުގެ ޝަކުވާ، ނިމިގެން ދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ލިބިފައިވާ ކަމަށެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެލްޖީއޭއިން ވާދަވެރި ސިޔާސީ ނިޒާމް ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލަރުންނަކީ އެލްޖީއޭއިން އަންގާ ގޮތަކަށް އަމަލުކުރާ ބަޔަކަށް ހެދުމަށްވެސް އެލްޖީއޭއިން މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ސިޔާސީ ވަކި ހަރަކާތްތަކާ ގުޅިގެން އެކަމަށް ޓާގެޓް ކޮށް ވަގުތުން އުސޫލު ފާސްކޮށް އެ އުސޫލުގެ ދަށުން ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ކޮމެޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މަޖިލިސް އެލްޖީއޭ
ހިޔާލު