Reko Ibarahim Manuki avahaara vejje
image
ރީކޯ އިބްރާހިމް މަނިކު
ސީއެންއެމް
0 ކޮމެންޓް
 

ރީކޯ އިބްރާހިމް މަނިކު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ބޭބެ އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ކުރިން ހަރަކާތްތެރިވި ރީކޯ އިބްރާހިމް މަނިކު އަވަހާރަވެއްޖެއެވެ.
ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި އިބްރާހިމް މަނިކާއި މޫސާ މަނިކުވެސްވަނީ ހައްޔަރުކޮށް ޖަލަށް ލާފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުއްދަ ދިނުމާއެކު އިބްރާހިމް މަނިކުވަނީ މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ)ގެ ނަމުގައި ޕާޓީއެއްވެސް ހިންގަވާފައެވެ. ނަމަވެސް ފަހުން އެޕާޓީވަނީ އުވާލާފައެވެ.

އުމުރުފުޅުން 69 އަހަރުގައި އިބްރާހިމް މަނިކު އަވަހާރަވިއިރު، ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގައެވެ.
މަރު
ހިޔާލު