Kerala gai ulhey dhivehin samaaluvumah edhijje
image
ކެރެލާގައި ފެންބޮޑުވެފައި
ސީއެންއެމް
0 ކޮމެންޓް
 

ކެރަލާގައި އުޅޭ ދިވެހިން ސަމާލުވުމަށް އެދިއްޖެ

އިންޑިއާގެ ކެރެލާއަށް މިހާރު ވަރަށް ބޮޑަށް ވިއްސާރަ ކުރަމުންދާތީ ހިނގާފާނެ ހިތާމަވެރި ހާދިސާއަކަށް ސަމާލުވެ ތިބުމަށް ކެރެލާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން އިލްތިމާސްކޮށްފި އެވެ.
ވިއްސާރަވެ ކެރެލާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި ކޮޗިން އެއާޕޯޓްވެސްވަނީ ވަގުތީގޮތުން މިހާރު ބަންދުކޮށްފައެވެ.

ކެރެކާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ހިނގަމުންދާ ހާދިސާ ތަކުގައި މިހާތަނަށް 29 މީހަކުވަނީ މަރުވެފައެވެ.

ދިވެހި ކޮންސިއުލޭޓުންވަނީ މިހާލަތުގައި ސަމާލުވެ ތިބުމަށް އެގައުމުގައި އުޅޭ ދިވެހިންނަށް އިލްތިމާސް ކޮށްފައެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ ކޮންސިއުލޭޓްގެ ހޮޓްލައިނަށް ގުޅުމަށް ކޮންސިއުލޭޓުން އެދެއެވެ.

ދިވެހި ކޮންސިއުލޭޓުން ބުނީ އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަމުން ގެންދާ ކަމުގައެވެ.

އިންޑިއާގެ ކެރެލާއަކީ އަވަށްޓެރި ސްރީލަންކާ ފިޔަވައި ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅޭ ގައުމެވެ. މީގެއިތުރުން އެތައްހާސް ދިވެހިންނެއް ބޭއްފަރުވާއަށް އެސަރަހައްދަށް އަބަދުވެސް ދަތުރު ކުރެއެވެ.
ހިޔާލު