Agu bodu koh dhathuru kuri 6 taxi eh joorimanaa koffi
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އަގުބޮޑުކޮށް ދަތުރު ކުރި ހަ ޓެކްސީއެއް ޖޫރިމަނާކޮށްފި

ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ހަފްތާގައި ޓެކްސީ ދަތުރުތަކަށް ކަނޑައެޅި އަގުތަކަށްވުރެ ބޮޑު އަގުގައި ދަތުރުތައް ކުރި ހަ ޓެކްސީ އެއް އިއްޔެއާ ހަމަައަށް ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އަގުތަކެއް ކަނޑައަޅައި އެ އަގުތަކާއި އެއްގޮތަށް ޓެކްސީ ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންގާފަ އެވެ.

އެގޮތުން މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ، މާލެ އާއި ހުޅުމާލޭގެ ދަތުރުތަކަށް 75 ރުފިޔާ ނެގޭއިރު މާލެ އާއި ހުޅުލޭގެ ދަތުރުތަަކަށް ނެގޭނެ އެންމެ ބޮޑު އަދަދަކީ 65 ރުފިޔާ އެވެ.

ކަނޑައެޅިގެން ދިޔަ އަގުތަކާއި މެދު ޓެކްސީ ދަތުރު ކުރާ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ފުލުހުން ދަނީ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރުކުރޭތޯ ބަލަން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގުތަކާއި ހިލާފުވާ މީހުން 750 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެ އޮތޯރިޓީން ވަނީ ނިންމާފަ އެވެ.

ހިޔާލު