Dhoanyeh ari alhaalai mudhaa thah kandah beyru vejje, samaalu vey: MNDf
image
އަރިއަޅާލި ދޯނި-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ދޯންޏެއް އަރިއަޅާލައި މުދާތައް ކަނޑަށް ބޭރުވެއްޖެ، ސަމާލުވޭ: އެމްއެންޑީއެފް

ކ. އަތޮޅުން ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަރި އަޅާލައި، މުދާތައް ކަނޑަށް ބޭރުވާތީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންގައިފި އެވެ.
"ސަމޯރާ 2" ނަމަކަށް ކިޔާ އެ ދޯނި އަރިއަޅާލި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު ހެނދުނު 10:30 ހާއިރެވެ. އެއާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ މާލެ އޭރިއާ ސްކޮޑްރަނުން ވަނީ އެހީތެރިވާން ފަށާފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި އަރިއަޅާލީ ކ. މާހަލް ނަމަކަށް ކިޔާ ރަށެއްގައި ކައިރިން ދަނިކޮށް ކަމަށެވެ. އެއާއެކު އޭގައި ހުރި މުދާތައް ވަނީ ކަނޑަށް ބޭރުވެފަ އެވެ. އެ މުދާތައް އޮޔާ ދާނެތީ ކަނޑު ދަތުރު ކުރާ މީހުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެ އެވެ.ހިޔާލު