Eid dhuvahu haveeru Hulhumale gaives ulhandhu dhuvvun manaa
image
ހުޅުމާލޭ މަގެއް-- ފޮޓޯ: އިންސްޓަގްރާމް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

އީދު ދުވަހު ހަވީރު ހުޅުމާލޭގައި ވެސް އުޅަނދު ދުއްވުން މަނާކޮށްފި

މިއަހަރުގެ އަލްހާ އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހުޅުމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފި އެވެ.
އެގޮތުން މާދަމާގެ ހަވީރު 04:00 އިން އިރުއޮއްސި 06:00 އާ ދެމެދުގެ ވަގުތަކީ ހުޅުމާލޭގެ މަގުތަކުގައި އިންޖީނުލީ އެއްގަމު އުޅަނދުތައް ދުއްވުން މަނާ ވަގުތެއް ކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އުޅަނދު ދުއްވުން މަނާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ވަގުތުތަކުގައި ހަމައެކަނި ދުއްވޭނީ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި، އެމްބިއުލަންސް އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ އުޅަނދުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތުގައި ދެމުންދާ ބަހުގެ ހިދުމަތެވެ.

އޭގެ އިތުރުން ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަ ދެވޭ އުޅަނދުތަކަށް ވެސް އެވަގުތުގައި ދަތުރުކުރެވޭނެ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނޭ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

އީދު ދުވަހު ހަވީރު މާލޭ އަދި ވިލިމާލޭގައި ވެސް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އެގޮތުން އީދު ދުވަހު މާލެ އަދި ވިލިމާލޭގައި އުޅަނދު ދުއްވުން މަނާ ވާނީ ހަވީރު 03:30 އިން އިރުއޮއްސި 06:30 އާ ހަމައަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެގޮތަށް ނިންމީ މާލެ ސިޓީ އަކީ ކާރުބާރު ބޮޑު ތޮއްޖެހިފައިވާ ސަރަހައްދަކަށް ވުމާއެކު އަލްހާ އީދުގެ އުފާ ފާޅުކުރުމަށް ރައްޔިތުން މަގުމައްޗަށް ނިކުމެ ހިނގާ ބިނގާވެ އުޅުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިންވެ ސް ވަނީ ހާއްސަ ދުވަސްތަކުގައި ފައިމަގުގައި އުޅުމަށް ވަކި ވަގުތެއް ކަނޑައަޅައިފައެވެ. ކައުންސިލުން ބުނާގޮތުގައި އެކަމަށް ރައްޔިތުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހިޔާލު

މާލި

މީސްޕީޑެއްނެއް ސަރުކާރެއް ވީމަ ރަނަގަޅުވާނީ ހުރިހާރައްޔިތުންވެސް އެމީހުންގެ ސްޕީޑްގަ ހިނގާފަ އުޅުން މާލޭ ސިޓީ ކައުންސިލުން ރަނގަޅު ފަރުކޮޅު ފުޝި ރިޒޯޓެއްހެން ހިންގަން ހަފްތާނިއްމަން.