Hulhumale fiyavathin fili 7 kudhin hoadhaifi
image
ފިޔަވަތިން ފިލިް ކުދިންގެ ތެރެއިން ތިން ކުއްޖަކު ފެންސް މަތީގައި-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ހުޅުމާލެ ފިޔަވަތިން ފިލި ހަތް ކުއްޖަކު ހޯދައިފި

މިއަދު ހެނދުނު ހުޅުމާލެ ފިޔަވަތިން ފިލި ހަތް ކުދިން ފުލުހުން ހޯދައިފި އެވެ.
އެ ކުދިން ފިލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 07:10 ހާއިރު އެވެ. އެ ކުދިން ފެނުނީ ހުޅުމާލެ ފުލުހުން ކުރި މަސައްކަތުންނެވެ.

ފުލުހުން ބުނީ އެ ހަތް ކުދިން ފެނުނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ބޮޑު ފެންސެއްގެ މައްޗަށް އަރައި ތިއްބާ ކަމަށާއި، މިހާރު ފިޔަވައްޗާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ނިމުނު ހަފްތާގައި ވެސް ފިޔަވަތިން ކުދިންތަކެއް އެތަނުގެ ބޭރު ފާރު މައްޗަށް އަރައި، ފެންސެއްގައި އެލި ގަނެގެން ތިބި މައްސަލައެއް ފެންމަތިވި އެވެ.

އޭގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖަކު ކުޑަކުދިންގެ ހިޔާއިން ފިލި މައްސަލައެއް ވެސް އައެވެ. އެ ކުއްޖާ ފެނުނީ ގިނަ ދުވަސްތަކަކަށް ފަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މާލޭގެ ގެޔެއް ތެރެއިންނެވެ.
ހިޔާލު