Mudhahrisunge photo thakun Facebook furailaifi
image
ސޯޝަލް މީޑިއާ ހަރަކާތުގައި ބައިވެރިވި ޓީޗަރެއްގެ ޕޯސްޓެއް--
1 ކޮމެންޓް
 

މުދައްރިސުންގެ ފޮޓޯ ތަކުން ފޭސްބުކް ފުރައިލައިފި

ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަގައިގެން "ޓީޗާސް ޔުނިޓީ ޗެލެންޖް" ގެ ނަމުގައި ސޯޝަލް މީޑީއާގައި ފެށި ހަރަކާތުން މުދައްރިސުންގެ ފޮޓޯ ތަކުން ފޭސްބުކް ފުރައިލައިފި އެވެ.
އެ އެސޯސިއޭޝަންގެ ވައިސް ޗެއަ ޢާއިޝަތު ނަދީމާ މައުލޫމާތު ދެއްވި ގޮތުގައި މިފަދަ ހަރަކާތެއް ހިންގުމުގެ އެއް ބޭނުމަކީ، ޓީޗަރުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށް ދިނުމެވެ.

"ޓީޗަރުން ކިތަންމެ ބުރަކޮށް އަދި ކިތަންމެ ސްޓްރެސްކޮށް މަސައްކަތް ކުރާން ޖެހުނު ކަމުގައި ވިޔަސް، މި ދާއިރާގައި ދެމި މިތިބީ މި ދާއިރާ އަށް އޮތް ލޯބީގެ ބޮޑުކަމުންކަން ދައްކައިދިނުން،" ނަދީމާ ފާހަގަ ކުރެއްވި އެވެ.

މި ހަރަކާތް ކުރިޔަށްދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ނަދީމާ ވިދާޅުވީ، މި ހަރަކާތުގައި ކޮންމެ މުދައްރިސަކު ވެސް ހޭދަ ކުރައްވާނީ ފަސް ދުވަސް ކަމުގަ އެވެ.

ކޮންމެ ދުވަހަކު ވެސް އެ މުދައްރިސެއްގެ ތައުލީމީ ހަޔާތުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހާއްސަ ފޮޓޯއެއް ލާފައި، އެހެން ފަސް މުދައްރިސެއްގެ ނަން ޓެގު ކުރާނީ. މި ޓެގުކުރި ފަސް މުދައްރިސުން ވެސް މި ހަރަކާތުގައި ބައިވެރިވެގެން ހަރަކާތް ފުޅާވެގެން ދާނީ،" އޭނާ ކިޔައި ދެއްވި އެވެ.

މި ހަރަކާތުގައި ބޭނުން ކުރާ ހޭޝްޓެގު ތަކަކީ: #teachersunite #teacherlife #welovewhatwedo# އެވެ.ހިޔާލު

ެަލިލީ

ކަން ކަން ގޯސް ކުރުމުގެ ވިސްނުން ހުރިހެން ހީވަނީ