Gadhdhoo ga huri fann ge thakehga bayaku roakollaifi
image
ދަނޑުފަނުން ހަދާފައިވާ ގެތަކުގައި އަލިފާން ރޯކޮށްފައި--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގައްދޫގައި ހުރި ފަން ގެތަކެއްގައި ބަޔަކު ރޯކޮށްލައިފި

ގދ. ގައްދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ކުރިމަތީގައި ދަނޑިފަނުން ހަދާފައި ހުރި ގެތަކެއްގައި ބަޔަކު ރޭ ދަންވަރު ރޯކޮށްލައިފި އެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނި ރޭ ދަންވަރު 03:08 ހާއިރެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އާންމުންގެ އެހީތެރިކަމާއެކު ރޯވެފައިވާ އަލިފާންގަނޑު ނިއްވާލައިފަ އެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ރޯވެފައިވާ ގެތަކުގެ ތެރެއިން އެންމެ ގެޔެއް ފިޔަވައި ހުރިހާ ގެއެއް ވަނީ އަނދާފަ އެވެ.

އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.



ދަނޑިފަނުން ހަދާފައިވާ އެ ގެތަކަކީ މިއަހަރު ގައްދު އަށް ޒިޔާރަތް ކުރި ބައިނަލްއަގްވާމީ ގާލް ގައިޑުންގެ ޓީމަށް ދިވެހީންގެ ސަގާފަތްތައް ދައްކާލުމަށް ހަދާފައިވާ ގެތަކެކެވެ.
ހިޔާލު