Fuluhun noosverinnah huras elhi massala eh balanee
image
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ ކުރި މުޒާހަރާއެއް-- ފޮޓޯ: ދަ އެޑިޝަން
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ފުލުހުން ނޫސްވެރިންނަށް ހުރަސް އެޅި މައްސަލައެއް ބަލަނީ

މިދިޔަ ހަފްތާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޝަރީއަތް ރިޕޯޓު ކުރަން ސުޕްރީމް ކޯޓު ކައިރީގައި މަސައްކަތް ކުރި ނޫސްވެރިންނަށް ފުލުހުން ހުރަސް އެޅި މައްސަލަ ބަލަން ނިންމައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޯގަސްޓް 6 ވަނަ ދުވަހު ފުލުހުން ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެގޮތުން ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލާ، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެެއް ކަމުގައި ވާތީ އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް އެ ކައުންސިލުގެ ޖަލްސާއަކުން ފާސްކޮށް، މިހާރު ވަނީ ކޮމިޓީއެއް އެކުލަވާލާފަ އެވެ. ކޮމިޓީން ދަނީ އެ މައްސަލަ ބަލަމުންނެވެ. އެއަށްފަހު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ހިޔާލު

ކޭބީ

ކުރިން އޮތް ޤާނޫނަށް ބަދަލުތަކެއް ގެނައީތަ !

މަނިކު

ކިހިނެތް ވާނެބާ؟