Moosun goasve Addu ah bodethi gellun
image
އައްޑޫ އަށް ކުރަމުންދާ ވިއްސާރާގައި ލިބުނު ގެއްލުންތަކުގެ ތެރެއިން.-- ފޮޓޯ: ޕޮލިސް
0 ކޮމެންޓް
 

މޫސުން ގޯސްވެ އައްޑޫ އަށް ބޮޑެތި ގެއްލުންތައް

މޫސުން ގޯސްވެ ރެއިން ފެށިގެން އައްޑޫ އަށް ގަދަ ވަޔާއި އެކު ވާރޭ ވެހި، ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.
ފުލުހުން ބުނީ މޫސުން ގޯސްވުމުން އައްޑޫގެ 24 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން ބައެއް ގެތަކުގެ ފުރާޅު އެއްލައިލާ، ރުއްގަސްތައް ވެއްޓުމުގެ ރިޕޯޓް ލިބެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި ހުރިހާ އެންމެން ވެސް ރައްކާތެރިކަމަށް ސަމާލުވެގެން ތިބުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

މެޓް އޮފީހުން ބުނީ، އައްޑޫ އަށް އެންމެ ވައި ބާރުވީ ރޭ ދަންވަރު 3:41 ގައި ކަމަށާއި، އެ ވަގުތު ގަޑިއަކު 51 މޭލަށް ވައި ޖެހުނު ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރެއިން އައްޑޫ އަށް ބޯކޮށް ވާރޭ ވެހުނު އިރު، އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް ކަމަށާއި، އެ ރަށަށް 108 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުން ކުރިއަށް އޮތް ދެތިން ދުވަހަށް ވެސް މުސުން ގޯސްވާނެ އެވެ. އެގޮތުން ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ވެއެވެ.

މެޓް އޮފީހުން ބުނާ ގޮތުން މޫސުން ގޯސްވަނީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އިތުރުން އިއްޑިއާގެ ހުޅަނގު އައްސޭރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު އުތުރުގެ ރަށްތަކަށް ކުރާނެ ކަމަށް މެޓުން ބުނެ އެވެ.
ހިޔާލު