Yellow Alert, 55 mile ah vai gadhavaane, samaaluvey!
image
ރަށެއްގެ ގެއެއްގެ ފުރާޅު އެއްލާލުމާގުޅިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ
ސީއެންއެމް
0 ކޮމެންޓް
 

ޔެލޯ އެލާޓް، 55 މޭލަށް ވައިގަދަވާނެ، ސަމާލުވޭ

ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ޔެލޯ އެލާޓް ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ދ އަތޮޅުގެ ސަރަހައްދަށެވެ. އެއޮތޯރިޓީން ބުނީ މި ސަރަހައްދުތަކަށް މިރޭ 19:00 އިން ފެށިގެން 21:30 އަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މިސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމުގައެވެ.

މީގެ އިތުރުން މިސަރަހައްދުތަކަށް ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވިއްސާރަ ކުރަމުންދާއިރު ވައި ގަދަވުމުގެ ސަބަބުން ބައެއް ހާދިސާތައް ހިނގަމުންދާއިރު، ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.
ޑިޒާސްޓާ މޫސުން
ހިޔާލު