Enme fahun Karthik Aaryan ves amilla Youtube Channel eh ufahdhanee
image
ކާތިކް އާރިޔަން--
0 ކޮމެންޓް
 

އެންމެ ފަހުން ކާތިކް އާރިޔަން ވެސް އަމިއްލަ ޔޫޓިއުބް ޗެނަލެއް އުފައްދަނީ

ބޮލީވުޑުގެ އަރަމުން އަންނަ ޒުވާން ތަރި، ކާތިކް އާރިޔަން އަމިއްލަ ޔޫޓިއުބް ޗެނަލެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ޗެނަލް ލޯންޗު ކުރަން ނިންމާފައި ވަނީ މިއަދެވެ.

އުމުރުން 28 އަހަރުގެ ކާތިކް ވެސް ވަނީ އަމިއްލަ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރާކަމަށް ކުރިން ބުނެފައެވެ. އެގޮތުން ޔޫޓިއުބް ޗެނަލެއް އުފެއްދުމަކީ އޭނާ ކޮންމެ ދުވަހަކު އުޅެމުން އަންނަ ގޮތް ސަޕޯޓަރުންނަށް އެނގިގެންދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޔޫޓިއުބަކީ ވަރަށް ބޮޑު އޯޑިއަންސެއް އޮންނަ ތަނެއްް ކަމުން އޭނާ އުޅެމުން އަންނަ ގޮތް ފަސޭހަކަމާއެކު އެންމެންނަށް ެވެސް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ކާތިކު ބުނެއެވެ.

މީގެ ދުވަސްތަކެއް ކުރިން ބަތަލާ އާލިއާ ބަޓް ވެސް ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ލޯންޗުކޮށްފައެެވެ. އެގޮތުން އޭނާ އަމިއްލަ ދިރިއުޅިމުގައި ކުރާ ކަންކަން އެ ޗެނަލް މެދުވެރިކޮށް ސަޕޯޓަރުންނަށް އަންގައެވެ.

ޔޫޓިއުބް ޗެނަލް ލޯންޗުކުރުމަށް ކެތްމަދުވެފައި ހުރި ކާތިކު އަންނަނީ އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓުތަކެއް އަމިއްލައަށް ބަލަހައްޓަމުންނެވެ. އެހެންކަމުން، ޔޫޓިއުބް ޗެނަލް ވެސް ބަލަހައްޓާނީ އޭނާ ކަމަށް ކާތިކް ބުންޏެވެ.

ގިނަ ބައެއްގެ މެދުގައި ކާތިކް މަގްބޫލުވީ މިދިޔަ އަހަރު ނެރުނު ފިލްމު "ސޯނީ ކޭ ޓީޓޫ ކީ ސްވީޓީ" ގައި މަސައްކަތް ކުރި ފަހުންނެވެ. އެފިލްމާއެކު ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު އޭނާ މިހާރު އަންނަނީ "ޕައްތީ ޕަތްނީ އޯރު ވޯ" ގައި މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން އިމްތިއާޒް އަލީގެ ކުރިއަށް އޮތް ފިލްމު "އާޖްކަލް2" އަކުން ވެސް އޭނާ ފެންނާނެއެވެ.
ހިޔާލު