Canoe gai gehllunu dhemeehun fathaafai hulhumale ah rey dhanvaru araifi
image
ހުޅުމާލެ ސްމިވިން ޓްރެކް ސަރަހައްދު: ކެނޯއިން ގެއްލުނު ދެމީހުން ފަތާފައި ރޭ ދަންވަރު އެރީ މި ސަރަހައްދުން--
0 ކޮމެންޓް
 

ކެނޯގައި ގެއްލުނު ދެމީހުން އަމިއްލައަށް ފަތާފައި ހުޅުމާލެއަށް ރޭ ދަންވަރު އަރައިފި

ކެނޯއެއްގައި ވިލިމާލޭ މޫދަށް އެރިއުޅެނިކޮށް އިއްޔެ ގެއްލުނު ދެ މީހުން ރޭ ދަންވަރުގެ ވަގުތެއްގައި ފަތާފައި ހުޅުމާލެއަށް އަރައިފިއެވެ.
އެ ދެ މީހުން ގެއްލުނީ ކެނޯއެއްގައި ވިލިމާލެ ނެރުމައްޗަށް ނިކުމެ އުޅެނިކޮށް އިއްޔެ ހަވީރު 5:00 އެހާއިރު އައި ބާރުގަދަ ކޮޅިގަނޑެއްގައެވެ.

އެ ކޮޅިގަނޑުގައި ބެހިގެން ގޮސް، އެ ދެ މީހުން ކެނޯއާ އެކު ލައްވީ ހުޅުމާލޭ ސުވިމިން ޓްރެކް ކައިރިއަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ސަރަހައްދަށް ލައްވުމުން އެމީހުން ފަތާފައި ހުޅުމާލެއަށް އެރީ ކަމަށެވެ.

މި ހާދިސާގައި ގެއްލުނު ދެމީހުންނަކީ 20 އަހަރާއި 33 އަހަރުގެ ދެ މީހުންނެވެ. ކަނޑުމަތީގައި އެމީހުން 10 ގަޑިއިރު ދަމުން ދިޔައެވެ. ފުލުހުން ބުނީ އެމީހުން ހުޅުމާލެއަށް އެރީ ރޭ ދަންވަރު 3:10 އެހާކަށްހާއިރު ކަމަށެވެ. އެ ދެމީހުން ހުޅުމާލެއަށް އެރުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ޗެކުވެސް ކުރިއެވެ. ނަމަވެސް ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް އެ ދެމީހުން ނުލިބެއެވެ.

ހިޔާލު