Gavaaidhaa hilaafuvi ithuru 9 Taxi akah fiyavalhu alhaifi
image
މާލެ މަގެއްގައި ޓްރެފިކްގައި ޖެހިފައި---ފޮޓޯ:ވީނިއުސް
1 ކޮމެންޓް
 

ގަވާއިދާ ހިލާފުވި އިތުރު ނުވަ ޓެކްސީ އަކަށް ފިޔަވަޅު އަޅައިފި

ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފުވެގެން އިތުރު ނުވަ ޓެކްސީ އަކަށް މިދިޔަ ހަފްތާގެ ތެރޭގައި ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ގަވާއިދާ ހިލާފުވެގެން ޓެކްސީ ތަކަށް ފިޔަވަޅު އަޅާއިރު، މިދިޔަ ހަފްތާގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގު އިއުލާނު ކޮށްފަ އެވެ. އަދި އެ އަގުތައް ކުޑަ ކަމަށް ބުނެ ގިނަ ޑްރައިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ފުލުހުން މީގެ ކުރިން ވަނީ އާ އަގުތަކަށް އަމަލު ކުރަން ފެށުމާއި އެކު، ބޮޑު އަގުގައި ދަތުރުކުރި ހަ ޓެކްސީ އަކަށް ފިޔަވަޅު އަޅައިފަ އެވެ. އެކަމަކު އަލަށް ފިޔަވަޅު އެޅި ނުވަ ޓެކްސީ އަކީ، ބޮޑުއަގުގައި ދަތުރުކޮށްގެން ނުވަތަ ގަވާއިދާ ކޮން ގޮތަކަށް ހިލާފުވެގެން ފިޔަވަޅު އެޅި ޓެކްސީތަކެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 25 ރުފިޔާ، މާލެ އާއި ހުޅުމާލޭގެ ދަތުރުތަކަށް 75 ރުފިޔާ ނެގޭއިރު މާލެ އާއި ހުޅުލޭގެ ދަތުރުތަަކަށް ނެގޭނެ އެންމެ ބޮޑު އަދަދަކީ 65 ރުފިޔާ ކަމަށެވެ.

އެ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި، އަގު ބޮޑުކޮށް ދަތުރުކުރާ ޓެކްސީތައް 750 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ.
ހިޔާލު

ިބުރާހީމް

ޓެކްސީ ޑްރައިވަރުން ބުނަނީ ހުޅުމާލެ އިން މާލެ އަށްކުރާ ދަތުރު ބުރިޖު ކޮޅުން ނިމުނީ ކަމަށް އެހެންވީމާ ބުރިޖުކޮޅުން މާލޭގެ އެތެރޭގެ ކޮންމެ ތާކަށް ދިއަޔަށް =/25 ރުފިޔާ ނަގާނެކަމަށް، އެހެން ކަމުގައި ވާނަމަ ޑްރައިވަރުން އޮޅުވާލައިގެން އެނަގަނީ =/100 ރުފިޔާ

ހައްލަކީ ކޮބައިބާ، ޓްރާންޕޯޓުން މިކަން ނިންމާ ގޮތެއް ދަތުރުކުރާ މީހުނަށް އެގެން ބޭނުން!