Imaaraathakun vettunu lakudigandakun jehi car akah gellun vejje
image
މާލޭ މަތިން ނަގާފައިވާ ފޮޓޮއެއް
ސީއެންއެމް
0 ކޮމެންޓް
 

އިމާރާތަކުން ވެއްޓުނު ލަކުޑިގަންޑަކުން ޖެހި ކާރަކަށް ގެއްލުން ވެއްޖެ

މާފަންނު ކޯރުކެނޑި މަގުގައި ހުރި އިމާރާތެއްގެ މަތިން ވެއްޓުނު ލަކުޑިގަނޑަކުން ޖެހި ކާރަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީރައުންޑްވަން ބުކްޝޮޕް ކައިރީ ހަދަމުންދިޔަ އިމާރާތެއްގެ މަތިން ލަކުޑިގަނޑެއް ވެއްޓިފައިވަނީ ވައިގަދަވުމުގެ ސަބަބުން ކަމުގައެވެ. އަދި އޭގެން ޖެހި ކާރެއްގެ ފަހަތު ބަފަރަށް ގެއްލުންވިކަމަށް ފުލުހުން ބުނެއެވެ.

ދިގުމިނުގައި ހަފޫޓް އަދި ފުޅާމިނުގައި ފޫޓެއް ހުރި ލަކުޑިގަނޑު ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މާލޭގެ އިމާރާތްތަކުގެ މަތިން މަގުމައްޗަށް އެއްޗެހި ވެއްތުމަކީ އާއްމު ކަމެކެވެ. އެފަދަ ބައެއް ހާދިސާތަކުގައި މީހުނާއި ތަކެއްޗަށް ބޮޑެތި ގެއްލުންވެސް ވެފައި ވެއެވެ.
މާލޭ ސިޓީ ފުލުހުން
ހިޔާލު