Farah eri safari akah MNDF inn ehee vanee
image
ފަރަށް އެރި ސަފާރީ-- ފޮޓޯ: އެމްއެންޑީއެފް
1 ކޮމެންޓް
 

ޅ. އަތޮޅުގައި ފަރަށް އެރި ސަފާރީއަކަށް އެމްއެންޑީއެފުން އެހީ ވަނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެފައި ވަނިކޮށް މިއަދު ފަތިހު ފަރަށް އެރި ސަފާރީ އަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީވަމުން އެބަދެ އެވެ.
"މުނާ ޔޮޓް" ނަމަކަށް ކިޔާ އެ ސަފާރީ އަރާފައި ވަނީ ޅ. ދިއްފުށިމާދޫގެ އިރުމަތީ ފަރަށެވެ. އެކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ފަތިހު 05:29 ހާއިރެވެ.

އެމްއެންޑީއެފުން ބުނީ ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން އެ ސަފާރީ އަށް އެހީވަމުންދާ ކަމަށެވެ. އިއްޔެވެސް 30 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ސަފާރީ އެއް ދިޔަވާތީ އެމްއެންޑީއެފުން އެހީވި އެވެ.

މިއަދުގެ ހެނދުނުން މެންދުރަށް ހއ. އިން ތ. އަތޮޅަށް ވަނީ ޔެލޯ އެލާޓް ނެރިފަ އެވެ. އަދި ޅ. ނައިފަރަށް ވާރޭ ވެހި، ފެންބޮޑުވުމުން ގެތަކަށް ވަނީ ގެއްލުން ވެސް ވެފަ އެވެ. އެމްއެންޑީއެފުން އަންނަނީ އެރަށުގައި ވެސް އެހީވަމުންނެވެ.
ހިޔާލު

ހެނބަދޫ ކުއްޖާ

ﷲ ނަހީ ކުރެއްވި ކަންކަން ފާޅުގަ ކުރަމުން ދުވާ މަޖުޖަނެއްގެ އެއްޗެއް. މިކަމުން ވެސް އިބުރަތެއް ހާސިލްކޮއްބަލަ. އޭނަ ކައިރީގަ އުޅޭ މީހުންވެސް މިނޫން ދުވަހެއް އޮތްކަން ހަނދާންކޮއްގެން އުޅުނިއްޔާ މާރަނގަޅުވާނެ.