Kandu dhathuru kuraa faraaiythakun samaalu vumah edhijje
image
އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދެއް--
0 ކޮމެންޓް
 

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ

ރާއްޖެ އަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަނޑުގެ ހާދިސާތައް އިތުރުވަމުން ދާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ތަފާތު އެކި ނުރައްކާތެރި ކަނޑުމަތީގެ ހާދިސާތައް ހިނގާފައިވާ ކަމަށެވެ.

"މިގޮތުން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ދަނީ ރިޕޯޓުތައް ލިބެމުން،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އެދިފައި ވަނީ ދަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށެވެ. އަދި ރޭގަނޑު ދަތުރު ކުރާއިރު ވަކިން ހާއްސަ ސަމާލުކަމަށް ދިނުމަށް އެ ފަރާތުން އެދެ އެވެ.

ކަނޑުދަތުރުފަތުރު ކުރާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، އެމްއެންޑީއެފްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމުން އެހީތެރިކަން ލިބޭނެ އެވެ.
ހިޔާލު