Moosun goas iru mi kan kamah samaalukan dhehvaa!
image
ދަތުރުކުރަމުންދާ ލޯންޗެއް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މޫސުން ގޯސް އިރު މިކަންކަމަށް ސަމާލުކަން ދެއްވާ!

ބޮޑު އީދު ބަންދުގައި ގިނަ މީހުން އެކި ތަންތަނަށް ދަތުރުކުރަމުން ދާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުން އެބަދެ އެވެ.
އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓު ވެސް ނެރިފަ އެވެ.

ބޯކޮށް ވާރޭ ވެހި، ވައިގަދަވުމާއެކު ކަނޑުތައް އެހާ ގަދައިރު މޫސުމަށް ބަލައިގެން ކަނޑުދަތުރުތައް ކުރުމުގައި އެންމެން ވެސް ސަމާލުކަން ދޭން ވާނެ އެވެ.

އެގޮތުން ކަނޑުދަތުރު ކުރާ މީހުން ދަތުރުތައް ރާވަން ޖެހޭނީ މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނުވަތަ ކަމާބެހޭ ފަރާތްތަކުން އޮޅުންފިލުވުމަށް ފަހުގަ އެވެ.

ހަމަ އެހެންމެ ދަތުރު ފެށުމުގެ ކުރިން އެކަން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ އެވެ.

ދަތުރުކުރާ އުޅަނދު ފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތި ނިޒާމާއި އެހެނިހެން ވަސީލަތްތައް ވެސް ހުރީ ރަނގަޅަށްތޯ ބެލުން މުހިންމެވެ.

މޫސުން ގޯސްވެ ނުރައްކާތެރި ކަނޑުމަތީ ހާދިސާތައް ދިމާވަމުން އަންނައިރު މުދާ އުފުލާ އުޅަނދު ފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުން ވަރަށް މުހިއްމެވެ.

ބޮޑު އީދު ދުވަސްވަރުގައި އެކި ކުޅިވަރުތައް ބާއްވަމުން ދާއިރު އެފަރާތްތަކުން ވެސް ކުޅިވަރުތައް ބާއްވަން ވާނީ މޫސުމަށް ބަލައިގެންނެވެ.

ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުތައް ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް އިތުރަށް ޚާއްޞަ ސަމާލުކަމެއް ވެސް މި ދުވަސްވަރުގައި ދިނުމަކީ މުހިންމު ކަމެކެވެ.

އޭގެ އިތުރުން ޗުއްޓީ ނިމުމަކާ ގާތްވަމުން ދާއިރު، މާލެ އަންނަ މީހުން ގިނަ ވާނެ އެވެ. އެ ދަތުރު ފަށާއިރު ވެސް މޫސުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

އިތުރަށް ސަމާލުކަން ދޭންވީ ބައެއް ކަންކަން:

ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
ގެޔަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން
ފެން ވަދެއްޖެ ނަމަ ގެއްލުން ދާނެ މުދާ އުސް ތަންތަނުގައި ބެހެއްޓުން
ފުރާޅު އެއްލާ ނުލާނެކަން ޔަގީން ކުރުމަށް ފިޔަވަޅު އެޅުން
ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި އައްސާފައި ބެހެއްޓުން
ކަނޑު ދަތުރު ކުރާއިރު މޫސުމަށް ބެލުން

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުމަށް ކަނޑުދަތުރުކުރާ ފަރާތްތަކަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.
ހިޔާލު