Maadhamaa bank thakun hidhumaiy libeyne
image
މަރުކަޒީ ބޭންކު، އެމްއެމްއޭ-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
0 ކޮމެންޓް
 

މާދަމާ ބޭންކުތަކުން ހިދުމަތް ލިބޭނެ

ބޮޑު އީދު ބަންދަން ބޭންކުތައް ބަންދު ކުރުމަށް ފަހު މާދަމާ ބޭންކުތަކުން ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މާދަމާ ބޭންކުތަކުން ހިދުމަތް ދޭން ނިންމީ އީދު ބަންދުގެ ތެރޭގައި އާއްމުންނަށް ބޭނުންވާނެ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮފް ހެދުމަށެވެ.

އެމްއެމްއޭ އިން ބުނީ މާދަމާ އެމްއެމްއޭގެ ހިދުމަތްތަކާއި އެހެން ބޭންކުތަކުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. އެމްއެމްއޭ އިން ފައިސާ ބަލައިގަތުމާއި ދޫކުރުން ހެނދުނު 08:30 އިން މެންދުރު 02:00 އަށް އޮންނާނެ އެވެ. އަދި ވަކި ލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ވެސް ހެނދުނު 08:30 އިން 11:00 އަށް ލިބޭނެ އެވެ.

އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިދުމަތްތައް ވެސް މާދަމާ އާއްމުންނަށް ލިބޭނެ އެވެ.
ހިޔާލު