Raajje-Lanka volley match ah social center raiy kulainn furaala dhehvaa: Mahloof
image
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު-- ފޮޓޯ: ޓްވިޓާ/ މަހްލޫފު
0 ކޮމެންޓް
 

ރާއްޖެ-ލަންކާ ވޮލީ މެޗު: "ސޯޝަލް ސެންޓަރު ރަތް ކުލައިން ފުރާލަދެއްވާ"

މިރޭ ރާއްޖެ އާއި ލަންކާ ކުޅޭ އެކުވެރިކަމުގެ ވޮލީ މެޗު ބެލުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ސޯޝަލް ސެންޓަރަށް ދިޔުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އެދިވަޑައިގެންފަ އެވެ.
މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ ކުޅޭ މެޗަކީ ރާއްޖޭގެ ތާރީހުގައި ކުޅެވޭ ވޮލީގެ ފުރަތަމަ އެކުވެރިކަމުގެ މެޗު ކަމަށެވެ. އަދި މީގެ ކުރިން ލަންކާ އަތުން ރާއްޖެ މޮޅުވެފައި ނުވާ ކަމަށެވެ.



"މިރޭ ސަޕޯޓަރުންގެ ކުރިމަތީގައި ލަންކާ ބަލި ކުރުމަކީ އަޅުގަނޑުމެންގެ އުއްމީދު. މިރޭ 08:15 ގައި ސޯޝަލް ސެންޓަރު ރަތް ކުލައިން ފުރާލަ ދެއްވާ،" މަހްލޫފުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ލަންކާ އާއި ރާއްޖޭގެ ވޮލީ މެޗަށް ވަނީ ބޮޑު ތައްޔާރީތަކެއް ވެފަ އެވެ. އަދި އެ މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާނެ އެވެ.
ހިޔާލު