Eid kulhivaruge therein Nau Kendun
image
ރ. މީދޫ އީދު ކުޅިވަރުގެ ހަރަކާތުގެ ތެރެއިން-- ފޮޓޯ: ޓްވިޓާ
ފާތުމަތު ނަޒުފާ އިރުޝާދު
7 ކޮމެންޓް
 

އީދު ކުޅިވަރުގެ ތެރެއިން "ނައު ކެނޑުން"

ކޮންމެ އަހަރަކުވެސް ދިވެހިން އެންމެ ފޯރިނަގާ ދުވަސްވަރަކީ އީދު ދުވަސް ވަރެވެ. ފިތުރު އީދާއި އަޟްހާ އީދު ނުވަތަ ކުޑަ އީދާއި ބޮޑު އީދަށް ވެސް އެތައް ބަޔަކު އިންތިޒާރު ކުރެ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ކުލަގަދަކޮށް ފާހަގަކުރަމުން ދާއިރު އީދު ފާހަގަކުރުމުގައި އެކި ރަށްރަށުން ގެންގުޅޭ ތަފާތު ސަޤާފަތާއި އާދަކާދަ އަކީ ޝައުގުން ފުރިގެންވާ ހަރަކާތްތަކެވެ.

އެގޮތުން "ނައު ކެނޑުން" ނުވަތަ "ނައު ބޭލުމަކީ" ރާއްޖޭގެ ބައެއް ރަށްތަކުގައި އީދާއި ގުޅިގެން ހިންގާ ތަފާތު އެހާމެ ފޯރިގަދަ ކުޅިވަރެކެވެ.

ރ. އިނގުރައިދޫގައި އެ ކުޅިވަރު ދާ ގޮތް ބަލައިލުމުން އެ ކުޅިވަރުގައި ހުރި އަސްލު ފޯރި އެނގިގެން ދިޔައެވެ. އެކި ރަށްތަކުގެ މީހުން އެ ކުޅިވަރަށް ތަފާތު ނަންތައް ކިޔާ ކަން ވެސް ފާހަގަކުރެވުނެވެ. އިނގުރައިދޫ ރައްޔިތުން އެ ކުޅިވަރަށް ކިޔައި އުޅެނީ ނާގަނޑު ކެނޑުމެވެ.

ނަވަކީ އިހުޒަމާނުގައި ހަތަރެސްކަން ރިޔާ ނަގައިގެން ދުއްވާ އުޅުނު ބައްތެލި ފާޑުގެ އޮޑިފަހަރަށް ކިޔާ ނަމެކެވެ. އެ މޮޑެލް އަސްލަކަށް ބަލައިގެން އޮޑިއެއް ހަދައި ފަޅުގައި އެންމެންނަށް ފެންނާނޭހެން އަޅާފައި އޮވެއެވެ. ނަވުގެ ފުށުވާ އައްސާފައި އޮންނައިރު، އެ ވާ ޖެހެނީ ސިއްރުން ކަނޑާލާށެވެ.

"އަންހެނުން އެ ވާގަނޑު ކަނޑަން ދާނީ ރޭގަނޑު ގަނޑީގަ. ވަގަށް ދާނީ. އަސްލު އަންހެނުންނެއް ނޫން އެ ކަނޑާނީ. އެކަމަކު އަންހެނުން އުޅޭނެ މޫދު ކައިރީގަ. އަންހެނުންނާއި ބައިވެރިވެގެން ކޮންމެވެސް ފިރިހެނެއް އައްސާފަ އިންނަ ވާގަނޑު ކަނޑާލަނީ. ހެނދުނު އިނގޭނީ އެ ކަނޑާފަ އިން ކަން،" ވާ ކަނޑާގޮތް އިނގުރައިދޫ ރައްޔިތަކު ކިޔައިދިނެވެ.

އެއަށްފަހު އެ ވާ ކެނޑި ފިރިހެން މީހާ ކޯޑި ފޮރުވުމަށްފަހު އަންހެންވެރީން އެ ކޯޑި ހޯދުމުގެ މަސައްކަތުގައި އުޅޭނެއެވެ. އަންހެންވެރީން ކޯޑި ހޯދުމުން ހަވީރު އެންމެންނަށް ފެންނާނެ ހެން ޝަރީއަތެއް އޮންނާނެއެވެ. އެ ޝަރީއަތުގައި ވާ ކެނޑުމުގައި ބައިވެރިވި އެންމެންނަށް އަދަބު ދިނުން އޮންނާނެއެވެ.

އެންމެންނަށް އަދަބު ދިނުމަށްފަހު ވާ ކެނޑި ފިރިހެން މީހާ ގޯނިގަނޑަކަށް ލާފައި ބޮޑު ވަގޭ ކިޔަމުން އެންމެން އެމީހާ ގޮވައިގެން ރަށު ތެރޭގައި ކުޑަ ތަންކޮޅަކަށް ހިނގާނެއެވެ. އެއަށްފަހު ހުރިހާ އަންހެނުންތައް ވެގެން އެމީހާ އަށް ހާއްސަ ހަދިޔާ އެއް ދިނުން އޮންނާނެއެވެ.

ރ. އިނގުރައިދޫގައި މި ކުޅިވަރު މި ގޮތަށް ދާ އިރު އެކި ރަށްރަށުގައި އެ ކުޅިވަރު ކުޅުމުގައި ތަފާތުތައް ހުންނަކަން ފާހަގަކުރެވެ އެވެ.

އެ އަތޮޅު ހުޅުދުއްފާރުގައި ނައު މޫދަށް ބޭލުމަށްފަހު ނާކަނޑަން މީހުން ކަނޑު ކައިރިޔަށް ފައިބައެވެ. އެއަށްފަހު އެހެން ރަށަކަށް އެ ނައު ލައްގާނެއެވެ. ނައު ބޭލުމުގެ ކުރިން އެ ރަށުގައި ދޮންކެޔޮ ނިރުން ހަދާފަ އިންނަ ގެރިއެއް ކަތިލާކަން ވެސް ފާހަގަކުރެވެއެވެ.

ބ. އަތޮޅުގައި ނައު ކެނޑުމުގެ ސަޤާފީ ކުޅިވަރު ދާ ގޮތަށް ބަލާއިރު ބ. ތުޅާދޫގައި އަންހެނުން ކޯޑި ކަނޑައިފިނަމަ ނައު ކެނޑުން ކުރިޔަށްގެންދަނީ ފިރިހެނުންނެވެ.

ރާއްޖެއަކީ މުއްސަަނދި ސަޤާފަތެއް އޮތް ޤައުމަކަށް ވީ އިރު މިފަދަ ސަގާފަތްތައް ދިރުވާ އާލާކޮށް އަންނަން އޮތް ޖީލަށް މި ކުޅިވަރުތައް ފޯރުކޮށްދިނުމަކީ ދިވެހީންގެ ޒިންމާއެކެވެ.

ކުޑަ އީދާއި ބޮޑު އީދަކީ ދިވެހިންގެ ސަގާފަތު ދިރުވަން ލިބޭ ރަނުގެ ފުރުސަތެވެ. އުފާވާ ކަމަކީ މިހާރަކަށް އައިސް ގިނަ ރަށްރަށުގައި ދިވެހިންގެ ސަގާފަތާ އެއް ގޮތަށް ގިނަ ހަރަކާތްތައް އީދުގައި ހިންގަމުންދާ ކަމެވެ.
އީދު އީދު ކުޅިވަރު
ހިޔާލު

ާނަން

ތި ރ. މީދޫ ހުޅަނގު އަވަށް

ާަްާއައްދުއްރަސީދު ހިސްވަސް

ވަރަށް ދެރަ ތިހަބަރު ތިހެން ޖަހާފަ އޮތީމަ.ތިޔައީ ރ.މީދޫ ގެ ހުޅަނގު އަވަށު ނައު.ރ.މީދޫ ހުޅަނގު އަވަށް ހަމަ ތަފާތުވާނެ.

ޢަލީ

ތީ ރ.މީދޫ ނައު

ޢަހްމަދު

މި ނަވަކީ ރ. މީދޫ ހުޅަނގުއަވަށުގައި ތައްޔާރު ކޮށްފައިވާ ނަވެއް. ކުރެޑިޓް ނަންގަވަން ނޫޅުއްވާ.

ބޮންދު

ދެޖިންސު މަސްހުނިވެގެން ކުރާކޮންމެކަމެއް ހަރާމް

ފައިސާ ފައިސާ

އިނގުރައިދޫތޯ ނުވަތަ ރ.މީދޫތޯ

ކަނބުލޮ ރ މީދޫ

މީ ރ.މީދޫގެ އީދު ކުޅިވަރު ގެތެރެއިން ހަދާފައިވާ ނަވެއް