Dhivehin emme ginain dhathuru kuranee Inida ah
image
ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއް
ސީއެންއެމް
0 ކޮމެންޓް
 

ދިވެހިން އެންމެ ގިނައިން ދަތުރުކުރަނީ އިންޑިއާއަށް

ދިވެހިން އަދިވެސް އެންމެ ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ގައުމަކީ އިންޑިއާކަމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސާވޭ އިން ދައްކައިފި އެވެ.
އިންޑިއާއަށް އެންމެ ގިނައިން ދިވެހިން ދަތުރުކޮށް އުޅެނީ ބޭސްފަރުވާއަށެވެ. ދެން އެންމެ ގިނައިން ދިވެހިން އިންޑިއާއަށް ދަނީ ތައުލީމް ހާސިލް ކުރުމަށެވެ.

އޯފް-ޕީކް ސީޒަންގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން 32 ޕަސެންޓް ދިވެހިން އިންޑިޔާ އަށް ދިޔަ އިރު ޕީކް ސީޒަންގައި އެއަދަދު އުޅެނީ 34 ޕަސެންޓް ގައެވެ.

އިންޑިއާއަށް ފަހު ދިވެހިން އެންމެ ގިނައިން ދަތުރުކުރަނޯ ސްރީ ލަންކާއަށެވެ. އޯފް-ޕީކް ސީޒަންގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ 31 ޕަސެންޓް އަދި ޕީކް ސީޒަންގައި 29 ޕަސެންޓް މީހުން ލަންކާއަށް ދަތުރު ކުރާކަމަށް ސާވޭއިން ދައްކައެވެ.

ދިވެހިން ދެން އެންމެ ގިނައިން ދަތުރުކުރަނީ މެލޭޝިއާއަށާއި ތައިލެންޑަށާއި ސިންގަޕޯރަށް ކަމަށްވެސް އެމްއެމްއޭގެ ސާވޭއިން ދައްކައެވެ.

މީގެ އިތުރުން ދިވެހިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި އެވްރެޖްކޮށް ރާއްޖެއިން ބޭރުގައި 1000 ޑޮލަރު ހޭދަކުރާކަމަށްވެސް ސާވޭއިން ދައްކައެވެ.
އެމްއެމްއޭ
ހިޔާލު