Shah ge dharifuluhu Suhana Bollywood ah nikunnan thayyaaru vanee
image
ސުހާނާ ހާން--
0 ކޮމެންޓް
 

ޝާހުގެ ދަރިފުޅު ސުހާނާ ބޮލީވުޑަށް ނިކުންނަން ތައްޔާރު ވަނީ!

ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ހާންގެ އަންހެން ދަރިފުޅު، ސުހާނާ ހާން އޭނާގެ ފުރަތަމަ ފިލްމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސުހާނާ ދާދި ފަހުން ވަނީ "ދަ ގްރޭ ޕާޓް އޮފް ބްލޫ" ނަމަކަށް ކިޔާ ކުރު ފިލްމެއްގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު މިހާރު އޭނާ ތައްޔާރުވަމުން ދަނީ އޭނާގެ ފުރަތަމަ ބޮޑު ފިލްމަށެވެ.

ދާދި ފަހުން އޭނާ ވަނީ ކޮލެޖު ނިންމާ، ގްރެޖުއޭޓު ވުމަށް ފަހު އެނބުރި މުމްބާއި އަށް ގޮސްފަ އެވެ. ޓައިުމްސް އޮފް އިންޑިއާ ނޫހުން ބުނީ ސުހާނާގެ ފުރަތަމަ ބޮޑު ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ބައްޕަ ކުރިން ކުޅެފައި ހުރި ފިލްމުތައް ބަލަމުންދާ ކަމަށެވެ.

އެ އާއިލާ ދިރިއުޅޭ ގެ، މަންނަތުގައި ހުންނަ ތިއޭޓަރުގައި ސުހާނާ ދަނީ ބައްޕަ، ޝާހުގެ އެކްޓިން ދަސް ކުރުމަށް ކުރީގެ ފިލްމުތައް ބަލަމުން ކަމަށް ވެއެވެ.

ކޮލެޖުގައި އުޅުނު އިރުވެސް ސުހާނާ ވަނީ ސްޓޭޖު ޑްރާމާތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު އިނގިރޭސި ލިޔުންތެރިޔާ ވިލިއަމް ޝޭކްސްފިއާގެ ރޯމިއޯ އެންޑް ޖޫލިއެޓް ހިމެނެ އެވެ.

އެ ސްޓޭޖު ޑްރާމާ ފެނުމާއެކު ޝާހުގެ ސަޕޯޓަރުން ވަނީ ސުހާނާ ވެސް ފިލްމީ އިންޑަސްޓްރީ އަށް ނިކުތުމަށް ގޮވާލާފަ އެވެ. ސުހާނާގެ އެންމެ ގާތް އެކުވެރިޔާ އަދި އެކްޓްރެސް އަނަންޔާ ޕާންޑޭ ވެސް ބުނެފައި ވަނީ ސުހާނާ އަކީ އެކްޓިން ހުނަރު މޮޅު މީހެއް ކަމަށެވެ.

ދާދި ފަހުން ޝާހުގެ ފިރިހެން ދަރިފުޅި އާރްޔަން ހާން ވެސް ވަނީ ބޮލީވުޑާ ގުޅުން ހުރި މަސައްކަތެއް ކޮށްފަ އެވެ. އެއީ "ދަ ލަޔަން ކިންގް" ހިންދީ ބަހުން ޑަބް ކުރިއިރު އޭގެ ކެރެކްޓާ އަކަށް އަޑު އެޅުމެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އާރްޔަން އަދި ސުހާނާ ވެސް ބޭނުން ވަނީ ބޮލީވުޑްގައި މަސައްކަތް ކުރާށެވެ. ޝާހުގެ އާއިލާ އިން ވަނީ މިދިޔަ މަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފަ އެވެ. އެ ޗުއްޓީ އަށް އައީ ސުހާނާގެ ގްރެޖުއޭޝަނަށް ފަހު އެވެ.
ހިޔާލު