Raajje inn beyruga Dhivehin heydha kuraa minvaru 20 percent ithuru vejje!
image
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: ރޮއިޓާޒް
1 ކޮމެންޓް
 

ރާއްޖޭން ބޭރުގައި ދިވެހިން ހޭދަ ކުރާ މިންވަރު 20 އިންސައްތަ އިތުރުވެއްޖެ!

ޗުއްޓީ އަށް ރާއްޖެއިން ބޭރަށް ދަތުރު ކުރި ދިވެހިން ހޭދަ ކުރާ މިންވަރު 20 އިންސައްތައިން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ އިން ދައްކައިފި އެވެ.
އެމްއެމްއޭ އިން މިދިޔަ ހަފްތާގައި ވަނީ ދިވެހިން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭގެ ރިޕޯޓު އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން ޕީކް ސީޒަނަށް ވުރެ އޯފް ޕީކް ސީޒަނުގައި ދިވެހިން ބޭރުގައި ހޭދަ ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ޗުއްޓީ އަށް ދާ މީހުން ހޭދަ ކުރާ މިންވަރު 20 އިންސައްތަ އިން އިތުރުވިއިރު، ބޭހަށް ދިޔަ މީހުން ހޭދަ ކުރި މިންވަރު އިތުރުވީ 14 އިންސައްތައިންނެވެ. އަދި ވިޔަފާރި ނުވަތަ ރަސްމީ ބޭނުމަށް ރާއްޖެއިން ބޭރަށް ދިޔަ ދިވެހިން ހޭދަކުރި މިންވަރަށް ވަނީ ފަހެއް އިންސައްތައިގެ އިތުރުވުމެއް އައިސްފަ އެވެ.

އެމްއެމްއޭގެ ސާވޭގައި ދަތުރުގެ ހަރަދުގެ ގޮތުގައި ބަލާފައި ވަނީ ޓިކެޓުގެ އަގު ނުހިމަނާ ބޮލަކަށް ޖެހޭ މިންވަރެވެ. އޯފް ޕީކް ސީޒަނުގައި ޗުއްޓީ އަށް ދިޔަ މީހުން 1065 އެމެރިކާ ޑޮލަރު ހޭދަ ކުރިއިރު، ޕީކް ސީޒަނުގައި ހޭދަ ކުރީ 890 ޑޮލަރެވެ.

އެމްއެމްއޭގެ ސާވޭގައި ބުނެފައި ވަނީ 2015 އިން 2018 އަށް ބަލާއިރު، ދިވެހިން ރާއްޖެއިން ބޭރަށް އާއްމު ގޮތެއްގައި ދަތުރު ކުރަނީ ބޭހަށް ނުވަތަ ޗުއްޓީ އަށެވެ. އެގޮތަށް ގޮސް ހޭދަ ކުރާ މުއްދަތަށް ބަދަލެއް އައިސްފައި ނުވާއިރު، ހޭދަ ކުރާ މިންވަރު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
އެމްއެމްއޭ
ހިޔާލު

ނާޅި

މާލޭގައި ބޮޑު ކުލިދީގެން ތިބުމައްވުރެން މާ ހަރަދު ކުޑަކޮށް އަވައްޓެރި ޤައުމު ތަކުގައި އެބައުޅެވޭ އެހެން ވީމާ ބޭރަށް ދާންވީ !