Beysfaruvaa ah gina adhadhehge Dhivehin beyrah dhaathee Shiyam faaduvidhaalhuvejje
image
ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
5 ކޮމެންޓް
 

ބޭސްފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ މީހުން ބޭރު ގައުމުތަކަށް ދާތީ ޝިޔާމް ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާއިން ދެއްކުމުން، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހްމަދު ޝިޔާމް އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައިވަނީ ރައްޔިތުން އަޅުވެތި ކުރުވުމަށް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުން އަޅުވެތިކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން މަސައްކަތްތަކެއް ކުރެވުނު ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޓްވީޓްގައި ޝިޔާމް ވަނީ ރައީސް ޔާމީންގެ ދައުރުގައި އެޅި ދަރުވަމަވަންތަ ހޮސްޕިޓަލަށް ވެސް އަލި އަޅުވާލައިފަ އެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލަކީ ހަމައެކަނި ހޮސްޕިޓަލެއް ނޫން ކަމަށާއި އެ ހޮސްޕިޓަލްގެ ފުރިހަމަ މަގުސަދު މި ސަރުކާރުން ހާސިލްކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އެމްއެމްއޭގެ ސާވޭ އިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮފް ޕީކް ސީޒަންގައި 41 ޕަސެންޓް މީހުން ދަތުރުކުރީ ބޭސްފަރުވާ ހޯދުމަށެވެ. ބޭސްފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ދަތުރުކޮށްފައިވަ ނީ އަވަށްޓެރި އިންޑިއާ އަށެވެ.

އެމްއެމްއޭ އިން މިދިޔަ ހަފްތާގައި އާންމުކުރި ދިވެހިން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭގެ ރިޕޯޓުން ދައްކާ ގޮތުގައި ޕީކް ސީޒަނަށް ވުރެ އޯފް ޕީކް ސީޒަންގައި، ބޭހަށް ދިޔަ މީހުން ހޭދަ ކުރި މިންވަރު ވަނީ 14 އިންސައްތަ އިތުރުވެފަ އެވެ.

އެމްއެމްއޭގެ ސާވޭގައި ބުނެފައި ވަނީ 2015 އިން 2018 އަށް ބަލާއިރު، ދިވެހިން ރާއްޖެއިން ބޭރަށް އާއްމު ގޮތެއްގައި ދަތުރު ކުރަނީ ބޭހަށް ނުވަތަ ޗުއްޓީ އަށެވެ. އެގޮތަށް ގޮސް ހޭދަ ކުރާ މުއްދަތަށް ބަދަލެއް އައިސްފައި ނުވާއިރު، ހޭދަ ކުރާ މިންވަރު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.
ހިޔާލު

ދެ ހަފޮޅު

ބަލަ ށިޔާމޫ ށިޔާމުވެސް ދަނީ ބޭންކޮކަށް އިންސުއަރެންސް ތިޔަ އޮތީ ހިލޭވެފަ ކޯއްޗެއް ބަލާކަށް ޑިޕްލޮމެޓިކް ޕާސްޕޯރޓްގައި ކުރިޔަށް ކުރިޔަށް ބާރެަށް ކުރިޔަށް ހުރިހާ ބުރައެއް ޢާއްމު ރައްޔިތުންނަށް

ނޭފަރު ސޭފްވޭ

އިންޑިޔާ އައް ބޭސްފަރުވާ އަައް ދަނީ ރާއްޖޭމީހުން އެކަނިތަ؟ ކަޔޭ ސިޔާމް ނޭގޭވާހަކަ ނުދައްކާ އިންގޭ ވާހަކަ ދައްކަބަލަ! ދުނިޔޭގަ ހުރިހާ ގައުމުތަކުންވެސް އިންޑިޔާ އާދޭ ބޭސް ފަރުވާ ހޯދަން ސަބަބު ޗީޕްފަ، އެމީހުން އެކްސްޕީރިއެންސް ވީމަ! އިންޑިޔާ ރީތިވެގެންނޫން އިންޑިޔާއައް ދަނީ!

ހަސަންބެ

ނައިފަރުމީހުން މަޖިލިހަށް ހޮވާފަ މިހުރީ މޯލެއްތަ؟

އަހައްމާ

ރައީސް ޔާމިނޭ ކިޔައިގެން ވާހަކަ ދައްކާއިރު އިމާރަތާއި ނުބައްދަލު ޚަރަދު ކޮއްފައި ހުރި ވާހަކަ ދައްކަން ނުކުރެނީ ކީއްވެތޯ ؟ ހަމައެކަނި ކުރެހުމަށް ވެސް 28 މިލިއަން ޑޮލަރު އިމާރާތުގެ ފާރުގަޑަށް 145 މިލިއަން ޑޮަލަރު އަދި ދައުލަތުގެ ބަޖެޓުން 840 މިލިއަން ރުފިޔާ ޚަރަދު ކޮއްގެން މީ ކޮއްޗެއްތޯ ؟ ލަދެއްގެ ކަންފުޅެއް ހުންނަ ނަމަވެސް މިވާހަކަ ދައްކާނެތޯ ؟ ވަގުންނަ ހީވާނީ ދެންތިބީ ވެސް ވަގުންނޭ ؟

އަހުމަދު

ޠާމީނުގެ ވެރިކަމުހައި ނަފާ ލިބުނުމީހުންގެ ބެލެނިވެރިންބުނާނީތިހެން....
އަޅުންނަށްހަދައިގެން ބަޔަކު ގެންގުޅުނެއްނު ތިޔަމީހުންވެސް... ގުދޯ ގުދޯ