Hendhunu heylaa gothah Nick onnanee aharen ge moonah balan: Priyanka
image
ޕްރިޔަންކާ އާއި ނިކް ކައިވެނި ހަފްލާގައި--
3 ކޮމެންޓް
 

ހެނދުނުގެ ހޭލާ ގޮތަށް ނިކް އޮންނަނީ އަހަރެންގެ މޫނަށް ބަލަން: ޕްރިޔަންކާ

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސް ހެނދުނު ހޭލާ ގޮތަށް އޮންނަނީ ޕްރިޔަންކާގެ މޫނަށް ބަލަން ކަމަށް އޭނާ ބުނެފި އެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ، ކޮންމެ ދުވަހަކު ހޭލާ ގޮތަށް ނިކް އޭނާގެ މޫނަށް ބަލަހައްޓައިގެން އޮންނަން ބޭނުންވާ ކަމަށެވެ. އެކަމަކު އެއީ އޭނާއަށް ވަރަށް އުނދަގޫވާ ކަމެއް ނަމަވެސް މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން އޮންނަން ބޭނުންވާ ކަމަށް ނިކް ބުނާ ކަމަށް ޕްރިޔަންކާއާ ހަވާލާދީ ބުނެ އެވެ.

އެކަމަކީ އުނދަގޫވާ ކަމެއް ނަމަވެސް އެއީ ކޮންމެ އަންބަކުވެސް ފިރިއެއްގެ ފަރާތުން ބޭނުން ވާނެ ކަމެއް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާއަށް ވުރެ ދިހަ އަހަރު ނިކް ހަގު ނަމަވެސް ގިނަ ބަޔަކަށް އެ ޖޯޑު ވަރަށް ކަމުދެޔެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ އާއި ހޮލީވުޑުގެ ތަރި، ނިކް އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރިއިރު އެ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިވެފައި ވެއެވެ.
ހިޔާލު

ބަދޫރާ

ޥެދާނެ އެއްނު ސުނީތާތޯ ޔަގީން ކުރަނީ ކަމަށް

ޙަސަނު

ސުނީތާއަށް މިކަންއެގޭތަ. މިކަމުގައޭނަގެބަހެއް ނޫހުންގެނެސް ދިނުންއެދެން..

މަ

ވޭދާނެ އެއްނުން ކޮންމެދުވަހަކު ކަލޭގެ މޫނުގަ ހުރި ރޫ ގުނަނީ ކަމަށް