Bar Council ge budget thayyaaru kurumah hiyaalu hoadhanee
image
ބާ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން--
0 ކޮމެންޓް
 

ބާ ކައުންސިލުގެ ބަޖެޓު ތައްޔާރު ކުރުމަށް ހިޔާލު ހޯދަނީ

ރާއްޖޭގެ ބާ ކައުންސިލުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ތައްޔާރު ކުރުމަށް ބާ ކައުންސިލް މެމްބަރުންގެ ހިލާު ހޯދުމަށް ހުޅުވާލައިފި އެވެ.
ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީން ބުނީ 2020 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުން ތައްޔާރު ކުރުމުގެ މަސައްކަތަށް ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ބާ ކައުންސިލުގެ މެމްބަރުންގެ ގޮތުގައި ހިމެނޭ ހުރިހާ ގާނޫނީ ވަކީލުންނަށް ވެސް ވަނީ އަންނަ އަހަރު ހިންގަން ފެންނަ ހަރަކާތެއް ނުވަތަ ޕްރޮގްރާމަކާ ބެހޭ ހިޔާލެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީން ބުނީ އޯގަސްޓް 25 ގެ ނިޔަލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ބާ ކައުންސިލް
ހިޔާލު