Fihaara eh falhaalai vakkankuri bayaku hayyaru koffi
image
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި
ސީއެންއެމް
0 ކޮމެންޓް
 

ފިހާރައެއް ފަޅާލައި ވައްކަން ކުރި ބަޔަކު ހައްޔަރުކޮށްފި

މާލޭގައި ފިހާރައެއް ފަޅާލައި އެތަނުން ވައްކަންކުރަން ތިބި ބަޔަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކަރަންކާ މަގުގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމުން ގަލޮޅު ފުލުހުން އެތަނަށް ދިޔައިރު އެސަރަހައްދުގައި ހަތަރު މީހަކު ހަރަކާތްތެރިވި ކަމުގައެވެ.

އެމީހުން ހުއްޓުވާ ބަލާ ފާސްކުރިއިރު 750 ދިވެހި ރުފިޔާ، އެ ފިހާރާގައި ރާސްޓަސް އަޅަން ބޭނުންކުރި ނޮކިއާ ބްރޭންޑްގެ ފޯނެއްގެ އިތުރުން ބައެއް ތަކެތި ފެނިފައިވާކަކަމަށާއި މިމައްސަލާގައި އެ ހަތަރު މީހުންވެސް ވަގުތުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ.

މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާއިރު ވައްކަމުގެ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 28 އަހަރާއި ދެމެދުގެ ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.
ހިޔާލު