6 Kilo ge masthuvaathakehchaaeku hahyarukuri meehunge bandhah anehkaa ves 15 dhuvas jahaifi
image
ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފަސް މީހުން--
0 ކޮމެންޓް
 

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް

ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ޖުލައި 30 ގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް އަނެއްކާވެސް ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައި ވަނީ އެމީހުންގެ ބަންދަށް މީގެ ކުރިން ކޯޓުން ޖަހައިދިން 15 ދުވަހުގެ މުއްދަތު ހަމަވުމާއި ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުންނެވެ.

އެމީހުން ހައްޔަރުކުރީ ފުލުހުންގެ އަޕަ ނޯތު ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން އާންމު ކުރި ބައެއް މައުލޫމާތުން އެނގޭ ގޮތުގައި އެމީހުންނަކީ މަސްތުވާތަކެތީގެ ރިކޯޑު އޮތް މީހުންނެވެ.

ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫއަށް ނިސްބަތްވާ ތިން މީހަކާއި ހއ. ހޯރަފުއްޓަށް ނިސްބަތާ ދެ މީހެކެވެ.

އެގޮތުން ހައްޔަރުކުރި ހިތަދޫއަށް ނިސްބަތްވާ މީހުންނަކީ އެރަށު ފިނަފަރު، އަބްދުﷲ އިބްރާހީމާއި ހުދުވެލި، އަލީ ހަސަން އަދި ޕޫލްބަހާރު، މުހައްމަދު ފައިސަލެވެ. އަދި އެ މައްސަލަގައި ހައްޔަރުކުރި އަނެއް ދެމީހުންނަކީ ހއ.ހޯރަފުށި ރަންމުލި، އަހްމަދު ރައޫފާއި އާރޯ، އަހުމަދު މަމްދޫހެވެ.

އެމީހުން ހައްޔަރު ކުރިއިރު މަސްތުވާތަކެތި ފެނިފައި ވަނީ ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކަކުން ކަމަށް ވެއެވެ. އަދި އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރަން އެމީހުންގެ ބަންދުގެ މަޖިލީހުގައި މަސައްކަތް ކުރި ކަމަށް ވެއެވެ.
ހިޔާލު