Molhukoh Act kurumun Hadhiyaa ehge gothugai Ananya ah libunee 500 Rupees
image
އަނަންޔާ--
0 ކޮމެންޓް
 

މޮޅަށް އެކްޓުކުރުމުން ހަދިޔާއެއްގެ ގޮތުގައި އަނަންޔާއަށް 500 ރުޕީސް ދީފި

ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކުން ބޮލީވުޑަށް ތައާރަފުވި އަނަންޔާ ޕާންޑޭ މިހާރު އަންނަނީ އޭނާގެ ދެ ވަނަ މަސައްކަތް ކަމުގައިވާ، "ޕައްތީ ޕަތްނީ އޯރް ވޯ" ގެ މަސައްކަތް ކުރަމުންނެވެ. މުދައްސަރު އަޒީޒް ޑައިރެކްޓްކޮށް ނެރޭ އެފިލްމުގައި އަނަންޔާއާއެކު ފެނިގެންދާނީ ކާތިކް އާރިޔަން އާއި ބޫމީ ޕެޑްނެކާރެވެ.
ފިލްމުގެ ޝޫޓިންތައް ފެށިގެން މިހާރު ކުރިއަށްދާއިރު އެ ފިލްމަކީ އަންނަ ޖެނުއަރީގައި ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމެކެވެ.

ފިލްމުގެ ޝޫޓިންތަކުގެ ތެރެއިން ވާހަކައެއް ހިއްސާކޮށް އަނަންޔާ ބުނީ، ކާތިކް ދައްކާ ވާހަކައަކަށް އޭނާ ރިއެކްޓް ކުރަން ޖެހޭ ސީނެއް ނެގުމުގެ މަސައްކަތް ކުރުމުގެ ތެރެއިން އޭނާ ކުރި އެކްޓް ޑައިރެކްޓަރަކަށް ވަރަށް ބޮޑަށް ކަމުގޮސް ފަހުން އޭނާއާ ބައްދަލުކޮށް 500 ރުޕީސް ދިން ކަމަށެވެ.

މިދޭތެރެއިން އަނަންޔާ ވަނީ ޝޫޓިންގެ ތެރެއިން ކުޑަ ބްރޭކެއް ނަގައި އޭނާގެ ބައްޕަ އަދި އެކްޓަރު ޗަންކީ ޕާންޑޭއާއެކު ވަގުތު ހޭދަކޮށްފައެވެ. އަނެއްކާ ވެސް އެނބުރި މަސައްކަތާ ގުޅިފައިވާއިރު އާއިލާއާ ވަކިން ގިނަ ދުވަސްތަކެއް ވަންދެން ޝޫޓިންތަކުގައި އުޅެން އުނދަގޫ ކަމަށް ވެސް އަނަންޔާ ބުންޏެވެ.

ހިޔާލު