Kashmir massalaiga Lanka noosverin India sarukaaru kuhveri koffi
image
ފްރީ މީޑިއާ މޫވްމަންޓުން ބޭއްވި އެއްވުމެއްގެ ތެރެއިން--
1 ކޮމެންޓް
 

ކަޝްމީރު މައްސަލާގައި ލަންކާ ނޫސްވެރިން އިންޑިއާ ސަރުކާރު ކުށްވެރިކޮށްފި

އިންޑިއާއިން ބާރު ހިންގާ ކަޝްމީރު ސަރަހައްދުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުން ދާތީ ސްރީ ލަންކާގެ ނޫސްވެރިންގެ ޖަމިއްޔާ، ފްރީ މީޑިއާ މޫވްމަންޓުން އެކަން ކުށްވެރިކޮށްފި އެވެ.
ފްރީ މީޑިއާ މޫވްމަންޓަކީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއު ކުރުމަށާއި ނޫސްވެރިންގެ ކުރިއެރުމެއް މަސައްކަތް ކުރުމަށް 1991 ވަނަ އަހަރު އުފެއްދި ޖަމިއްޔާ އެކެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ވަނީ ކަޝްމީރުގައި ހިންގަމުންދާ ކަންކަން ކުށްވެރިކޮށްފަ އެވެ. ވަކިން ހާއްސަކޮށް ނޫސްވެރިންގެ މިނިވަންކަމަށް އަރައިގަނެފައި ވާތީ އެކަން ފާހަގަކޮށްފައި ވެއެވެ.

ކަޝްމީރަށް ލިބިފައިވާ މިނިވަންކަން އަތުލުމަށް ފަހު އިންޑިއާ ސަރުކާރުން ވަނީ އެތަނުގައި ކާފިއު ހިންގަން ފަށާފަ އެވެ. އެގޮތުން ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައި ވާއިރު، ގިނަ ނޫސްވެރިން ހައްޔަރު ކުރަމުންދާ ކަމަށް ވެއެވެ.

މުވާސަލާތީ ހިދުމަތްތައް ކަނޑާލުމުން ކަޝްމީރުގައި ކަންކަން ހިނގަމުންދާ ގޮތް ދުނިޔެ އަށް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ފްރީ މީޑިއާ މޫވްމަންޓުން ވަނީ އިންޑިއާ ސަރުކާރުގެ އެ އަމަލުތައް ކުށްވެރިކޮށްފަ އެވެ.

"ޖައްމު އަދި ކަޝްމީރުގެ ނޫސްވެރިންނާއެކު ފްރީ މީޑިއާ މޫވްމަންޓް އޮތްކަން ހާމަ ކުރުމާއެކު ކަޝްމީރު ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތަކަށް ހުރިހާ ފަރާތްތަކުން ވެސް ކަމޭ ހިތުމަށް ގޮވާލަން،" އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ވެއެވެ.
ހިޔާލު

ކަހުރަބު

މި ސަރުކާރަކަށް ތިތަނެއް ނުފެންނާނެ ހުރީ ތާކިހާ އަޅުވާފަ.