Midhiya aharu javvah dhookuri viha maadhaathah record minvarakah ithuru vejje!
image
ދުނިޔެ ހޫނުވުމާއި ދެކޮޅަށް ކުރަހާފައިވާ ކުރެހުމެއް--
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

މިދިޔަ އަހަރު ޖައްވަށް ދޫކުރި ވިހަ މާއްދާތައް ރިކޯޑް މިންވަރަކަށް އިތުރުވެއްޖެ

ޖައްވަށް ދޫކުރާ ވިހަ މާއްދާތައް މިދިޔަ އަހަރު ރިކޯޑް މިންވަރަކަށް އިތުރުވެފައިވާ ކަމަށް އެމެރިކަން މީޓޮރޮލޮޖިކަލް ސޮސައިޓީން (އޭއެމްއެސް) އިން ހެދި ދިރާސާ އިން ދައްކައިފި އެވެ.
ދިރާސާ ރިޕޯޓުގައިވާ ގޮތުން ޖައްވަށް ދޫކުރާ ވިހަ މާއްދާތަކުގެ އަދަދު 1990 ގައި ހުރި ވަރަށް ވުރެ 2018 ވަނަ އަހަރު ވަނީ 43 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން އޯޒޯން ފަށަލައަށް ގެއްލުންދޭ ކާބޮންޑައި އޮކްސައިޑް، މީތޭން އަދި ނައިޓްރޮސް އޮކްސައިޑް ގެ އަދަދު ޖައްވުގައި ވަނީ ރިކޯޑް އަދަދަކަށް މަތިވެފަ އެވެ.

ކާބޮންޑައި އޮކްސައިޑްގެ އަދަދު އެކަނިވެސް ވަނީ 407.4 ޕާޓްސް ޕާ މިލިއަނަށް އިތުރުވެފަ އެވެ. އޭއެމްއެސްގެ ދިރާސާގައި ބުނެފައި ވަނީ މިއީ ވޭތުވެދިޔަ 800،000 ދުވަހުގެ ތެރޭގައި މި މާއްދާ އެންމެ މަތިވި ފަހަރު ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރަކީ ހަތަރު ވަނައަށް ދުނިޔެ ތަޖުރިބާ ކުރި އެންމެ ހޫނު ގަދަ އަހަރެވެ. 1800 ގައި ރިކޯޑްތައް ބަލަހައްޓަން ފެށިއިރު މިހާތަނަށް އެންމެ ހޫނު އަހަރެެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 2016 އެވެ.

ދިރާސާއިން ދައްކާ ގޮތުގައި 1993 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ކަނޑުގެ ލޮނުގަނޑު ވަނީ 3.2 އިންޗީގެ ރިކޯޑް އަދަދަކަށް އުފުލިފަ އެވެ. ކަނޑުގެ ލޮނުގަނޑު ދަނީ ކޮންމެ ދިހަ އަހަރަކު އެވްރެޖްކޮށް 1.2 އިންޗި އުފުލެމުންނެވެ.

ކަނޑުގެ ފިނިހޫނުމިން 2016 ވަނަ އަހަރު ރިކޯޑް ހޫނުމިނަށް ވުރެ ދަށްވެފައިވީ ނަމަވެސް، ފިނިހޫނުމިން އަދިވެސް ހުރީ 1980 އާއި 2010 ދެމެދު ހުރި ވަރަށް ވުރެ މަތީގަ އެވެ.

ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންސް ސެންޓާ ފޯ އެންވަޔަރުމެންޓަލް އިންފޯމޭޝަންގެ ބައިވެރިވުމާއެކީ ކުރިއަށް ގެންދިޔަ ދިރާސާގައި 57 ގައުމަކުން 475 ވުރެ ގިނަ ސައިންޓިސްޓުން ބައިވެރިވި އެވެ.
ހިޔާލު

އަޙްމަދް

ތި ވިހަތަށް ސާފުކުރުމަށް ޑރ އުގެއިލް ފޮނުވާ.