Maaramaareethah vaanee kamaabehey faraaiythakuge samaalukamah genesfa: MP Riyaz
image
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
3 ކޮމެންޓް
 

މާރާމާރީތައް ވާނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި: ރިޔާޒް

ތ. ތިމަރަފުށީގައި ކުރިއަށްދާ ސިލްސިލާ މާރާމާރީތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރާމާރީގެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ދަންނަވާފައި ވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ތިމަރަފުށީގައި މާރާމާރީ ހިންގާފައި ވަނީ ދެ ގޭންގެއްގެ މެދުގައި ޖެހުނު މައްސަލައެއްގައެވެ. ސިލްސިލާ މާރާމާރީތަކެއްގައި ދެ މީހަކަށް ތޫނު އެއްޗެހިން ހަމަލާދީ ވަނީ ޒަހަމް ވެސް ކޮށްލައިފަ އެވެ.

އީދު ތެރޭގައި މާރާމާރީއެއް ހިންގާފައި ވާއިރު ރޭގަ ވެސް ވަނީ މާރަމާރީއެއް ހިންގާފަ އެވެ. ފުލުހުން ބުނީ ތިމަރަފުށީގެ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓު ރޭ 21:11 އެހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ.

ރޭގެ މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

ފުުލުހުން ބުނީ އެ ދެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ. އެކަމަކު، އެ ތިން މީހުން ބަންދު ނުކޮށް ކޯޓުން ދޫކޮށްލީ އެވެ.

ތިމަރަފުށީ ދެ ގްރޫޕްގެ ދެމެދުގައި މާރާމާރީ ހިންގަންފެށީ ފޭސްބުކްގައި ދެ ގުރޫޕްގެ މީހުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުމަށް ފަހުގައެވެ.
ހިޔާލު

އިހުސާނާ

މީ ދެން ކިހާ ބޮޑުވެއްޖެ ކަމެއްތަ އަޅެ ފަހެ! ގޭންގޯ! ކޮން ގޭންގެެއްތަ! މިހާރު މީ އަހަރުމެންގެ މުޖްތަމަޢުގެ ބަޔަކަށް ހަމަ ހަދައިގެން އެންމެން ހަމަ އެއީ މުވައްސަސާއެއް ގޮތަށް ބަލައިގަނެގެން މި އުޅެނީ! ރައްޔިތުން އެންމެން ވެގެން ރަށުން ހަމަ ބޭރު ކުރަންވީ ތި ގޭންގަށް ނިސްބަތް ވާ މީހުންތައް! ކޮންފަދަ ކަމެއްތަ މީ އަޅެ ފަހެ! އަދި ތަން ކޮޅެއް ކުރިން މާލެގެ އުޅޭ މީގެ ބައިގަޑެއް ޓީވީ އަށް އަރާ ސަރުކާރާ އެއްކޮށް ނިގޯސިއޭޓު ކުރަން ވެސް އުޅެ ގަތޭ! ކޮން ނެގޯސިއޭޓަށް ކުރާކަށްތަ، ހުއްދަ ނޫން ބަޔަކު ކިހިނެތްތަ ފުރަތަމައިނުން ޕަބްލިކް ޓީވީ އަށް އެރުވެންވީވެސް!

ބިސްބޮންގޮންގް

ކޯޓުން ދޫކޮށްލަން އަމުރުކުރާ ގާޒީ ހައްޔަރުކޮށްލަބަލަ! ފުލުހުން ބަދުނާމުވާނީ އަބަދުވެސް އެކަމަކު ކުށުގެވެށިން ހައްޔަރުކޮށްގެން ގެންދިޔައަސް ވަގުތުން ދޫކޮށްލަނީ މުޖުތަމައު ފަސާދަކޮށް ފުލުހުން ބަދުނާމުކުރަން. ނޫނީ ގާޒީގެ ތިމާގެ ބަޔަކު ހިމެނޭތީ ދޫކޮށްލަނީ؟ ދެރަވަރު ކަންކަން، ތިހެންދަމުންގޮސް ވަޅިޖަހާ ދެތިން ފުރާނަ ގެއްލޭ ހިސާބަށް ކަންކަންދާނީ

އަހުމަދު

ޑޜ.އަފްރާސީމް މަރާލިއިރު ފުލުހުންގެ ވެރިއަކަށްހުރިއިރު ސަމާލުނުވީ ކިއެއްވެބާ... އެއްވެސްކަމެއްނުކުރިތާ އާއިލާއަށާއި. ރައްޔިތުންނަށްވެސް އޮޅުވާލީ...... ހަމ މިބޭފުޅާއެއްނޫންތަ...