Bugatti in ufedhdhi 9 million america dollaruge kaaru
image
ބުގާޓީ ކޮންޓޮޑީސީ--
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ބުގާޓީ އިން އުފެއްދި ނުވަ މިލިއަން އެމެރިކާ ޑޮލަރުގެ ކާރު

އިއްޔެ ކެލިފޯނިއާގައި އޮތް "ކްލާސިކް ކާ ޝޯ" ގައި ބުގާޓީ އިން ފަރުމާ ކުރި އެންމެ ފަހުގެ ކާރު ދައްކައިފި އެވެ.
ބުގާޓީ ކޮންޓޮޑީސީގެ ނަމުން ނަންދީފައިވާ އެ ކާރުގެ އަގަކީ ނުވަ މިލިއަން އެމެރިކާ ޑޮލަރު ކަމަށް ވާއިރު އެ ކުންފުނިން އުފައްދަން ހަމަޖެހިފައި ވަނީ އޭގެ އެންމެ ދިހަ ކާރެވެ.

ބުގާޓީ ކޮންޓޮޑީސީ އަކީ 1990 ވަނަ އަހަރު އެ ކުންފުނިން އުފެއްދި ބުގާޓިީ އީބީ 110 ގެ ހަނދާނުގައި އެ ކާރުގެ ސިފައާ ގާތްގަނޑަކަށް އެއް ގޮތަަކަށް އުފައްދާފައިވާ ކާރެކެވެ.

ބުގާޓީ އިން 2005 ވަނަ އަހަރުން ފެށިގެން ބުގާޓީ ވެރިޔަން ނަމަކަށް ކިޔާ ކާރެއް އުފެއްދުމަށް ފަހު 2016 ވަނަ އަހަރު ބުގާޓީ ކައިރަން ނަމަކަށް ކިޔާ ކާރެއް އުފައްދާފައި ވެއެވެ.

އެންމެ ފަހުން އުފެއްދި ހަލުވި މިނުގައި ދުވާ ބުގާޓީ ކޮންޓޮޑީސީގެ ސްޕީޑް ދެ ސިކުންތުގެ ތެރޭގައި 60 އަށް އަރާނެ އެވެ. އެ ކާރުގެ އެންމެ ހަލުވި މިނަކީ ގަޑިއަކު 236 މޭލެވެ.

ބުގާޓީން އުފައްދާ ކާރުތަކުގައި 16 ސިލިންޑަރު އިންޖީން ހުންނަ އިރު ބުގާޓީ ކޮންޓޮޑީސީ ފަރުމާކޮށްފައި ވަނީ 1600 "ހޯސްޕަވާ" އުފެއްދޭ ފަދަ ގޮތަކަށެވެ.

އެ ކާރުގެ ވިންގަ ނުވަތަ ފިޔަ ފަރުމާކޮށްފައި ވަނީ ބުގާޓިީ އީބީ 110 އާއި ކުޑަކޮށް ތަފާތުކޮށެވެ. ބޭނުން ނަމަ ތިރި ކުރެވޭ ފަދަ ގޮތަށެވެ.
ޓެކްނޮލޮޖީ ކާރު
ހިޔާލު

Ibrahim Asim

2 ސިކުނތް 60 މޭލް، ލޮލައް ފެންނާނެބާ؟

ކޮކީ

ދެސިންތުގެ ތެރޭގަ އޭތި ދުވާނީ 0.131 މެލަށް