175 meehunaa eku dhathuru kuramundhiya launch ge engine hutti eheetherikan foarukohdhen fashaifi
image
އިންޖީނު ހުއްޓުނު ލޯންޗު---
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

175 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓި އެހީތެރިވަނީ

ޖުމްލަ 175 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ އިންޖީނު ހުއްޓީގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ 175 މީހުންނާއެކު ތ. އަތޮޅުން މާލެ އަށް ދަތުރު ކުރި "އޯޝަން 20" ނަމަކަށް ކިޔާ ފެރީ ލޯންޗު ވ. ދިއްގަލުވަށި ފަޅުގެ ހުޅަނގު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ދަނީ ލޯންޗުގައި ތިބި އަންހެނުންނާއި، ކުޑަ ކުދިން އަދި ދުވަސްވީ މީހުން އެމްއެންޑީއެފް ކޯސްޓު ގާޑު ސީއެމްބިއުލާންސްއަށް ނަގަމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެމީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 17:44 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ލޯންޗު އިންޖީނު ހުއްޓިފައިވަނީ ތެޔޮ ހުސްވެގެން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހިޔާލު

އަހުލާފު

ތެޔޮ އެކަނިތަ، ކާއެއްޗެއް ބޯފެނެއްވެސް ހުރި ކަމަކަށް ނުވޭ، މީހުން ގަނަ ތަޅުވަން އުޅޭބައެއް

ގޮބޮޅި

ތެޔޮހުސްވާއިރުވެސް ނޭގެ ޒިންމާދާރުކަން ކުޑައީ ހަމަ