Bangura beynunkoh gen masthuvegen ulhunu 2 meehaku hayyaru koffi
image
ފަރުކޮޅު---
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ށ. ފަރުކޮޅުގައި ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ށ. ފަރުކޮޅުގައި ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެދެމީހުން ހައްޔަރު ކުރީ ބަނގުރާ ބޭނުންކޮށް މަސްތުވެގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ރޭ ދަންވަރު 00:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބަނގުރާ ޕޮލިސް
ހިޔާލު

ނަންނަ

ށ. އަތޮޅު ޗެކް ކޮށްލީމަ ތިކަހަލަ ލައްކަ ރަށް ފެންނާނެ. މީހުން އުޅޭ ރަށް ރަށުގައިވެސް ތިކަންތައް ވަރަށް ބޮޑު.