Shakku ufedhey gothakah Gadhdhoo ga maruvi meehehge massala thahugeegu kuran fashaifi
image
ގދ. ގައްދޫ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޝައްކު އުފެދޭ ގޮތަކަށް ގައްދޫގައި މަރުވި މީހެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

ގދ. ގައްދޫގައި މަރުވެފައި އޮއްވާ ފެނުނު މީހެއްގެ މަރުގައި ޝައްކުތަކެއް ހުރުމުން ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ގައްދޫ ކައުންސިލަރަކު ސީއެންއެމް އަށް މައުލޫމާތު ދިން ގޮތުގައި އުމުރުން 40 އަހަރުގެ ފިރިހެން މީހާ މަރުވެފައި އޮއްވާ ފެނުނީ ފަތިހު 04:30 ހާއިރެވެ.

އޭނާ މަރުވީ އަމިއްލަ އަށް ދަން ޖެހިގެން ކަމަށް އަޑު ފެތުރުނު ނަމަވެސް، އޭނާގެ މަރާ މެދު ޝައްކުތަކެއް ވަނީ އުފެދިފަ އެވެ.

ގައްދޫގެ ކައުންސިލަރު ވިދާޅުވީ ޝައްކުތައް ހުރުމުން ރަށުގެ ފުލުހުން އޭނާގެ މަރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެމީހާގެ ހަށިގަނޑުގެ އެކްސްރޭ އެއް ނަގަން ތިނަދު އަށް ގެންދިޔުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޕޮލިސް ގދ. ގައްދޫ
ހިޔާލު