Chuttee ninmavaalevvumah fahu Raees Raajje vadaiganfi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އީދު ޗުއްޓީ ލަންކާގައި ހޭދަކުރެެއްވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ރާއްޖެ ވަޑައިގަންފި އެވެ.
ލަންކާއަށް ކުރެއްވި ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސް ލަންކާއަށް ވަޑައިގަތީ އީދު ޗުއްޓީއަށެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ފުރާވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް ވަނީ މިއަހަރުގެ ކުރީކޮޅު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. ފެބްރުއަރީ ގައި އެމަނިކުފާނު ލަންކާއަށް ވަޑައިގަތީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދައުވަތަކަށެވެ.

އެމަނިކުފާނު ވަނީ ފެބްރުއަރީ ހަތަރަކަށްވީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތް ވެސް ޝަރަފުވެރި ކޮށްދެއްވާފަ އެވެ.
ހިޔާލު